ފީފާގެ ޗެއާމެން ޖިއާނީ އިންފަންޓީނިއޯ

ކުޅިވަރު

ވޯލްޑް ކަޕް 2026 އަށް އިންޑިއާ އަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގަބޫލު ކުރޭ

ރާނިއާ - ދުނިޔެ | 24 ޑިސެންބަރު 2022 , ހޮނިހިރު 18:43   208

2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ނިންމާލިއިރު، އާޖެންޓީނާ ވަނީ ޓެންޝަން ބޮޑު ފައިނަލެއްގައި ފްރާންސް ބަލިކޮށްފަ އެވެ. އަދި ހަމަ އެހެންމެ މި ނިންމާލި ވޯލްޑް ކަޕަކީ އަރަބި ގައުމަކުން ހޯސްޓް ކުރި ފުރަތަމަ ވޯލްޑް ކަޕްވެސް މެއެވެ. އޭނާގެ ބެލުމުގެ ދަށުގައި އަނެއްކާވެސް ކާމިޔާބީ ވޯލްޑް ކަޕް އެޑިޝަނަކަށް ފަހު، ފީފާގެ ޗެއާމަން ޖިއާނީ އިންފަންޓީނޯ ވަނީ އިންސްޓަގްރާމްގައި ލައިވްކޮށް ސަޕޯޓަރުންނާ އެކު ސުވާލު ޖަވާބު ސެޝަނެއްގައި ބައިވެރިވެ، އިންޑިއާގެ ފުޓްބޯޅައާއި އިންޑިއާގެ ވޯލްޑް ކަޕްގެ އުންމީދުތަކާއި ބެހޭ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އިންފަންޓީނޯއާއި ކުރި އެއް ސުވާލަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންޑިއާ ބައިވެރި ވެވޭނެ ތޯއެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް އޮންނާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ތިން ގައުމުގައެވެ. އަދި ސުވާލުކުރުމުން އިންފަންޓީނޯ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމެއް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައި ވާތީ އިންޑިއާއަށް ވެސް ކޮލިފައި ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ފީފާއިން އިންޑިއާ ވޯލްޑް ކަޕަށް ދިޔުމަށް މަގު ފަހިކޮށް ދިނުމުގެ ގޮތުން އިންޑިއާއަށް އިންވެސްޓްކޮށް ދެއްވާނެ ކަމަށް ވެސް ޖިއާނީ ވަނީ ސަޕޯޓަރުންނަށް ޔަގީންކަން ދެއްވާފައެވެ."އިންޑިއާގައި ތިބި އަހަރެމެންގެ ހުރިހާ ސަޕޯޓަރުންނަށް ޔަގީންކަން ދޭ އެއްޗަކީ އިންޑިއާގައި ފުޓްބޯޅަ ފުޅާ ކުރުމަށްޓަކައި އިންޑިއާގެ ފުޓްބޯޅައަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންދާކަން. އިންޑިއާ ބޮޑު ގައުމެއްގައި މޮޅު ފުޓްބޯޅަ މުބާރާތްތަކާއި މޮޅު ފުޓްބޯޅަ ޕްލެޓޫނެއް އޮންނަން ޖެހޭ. އެހެންކަމުން އަޅުގަނޑުމެން މި އަންނަނީ އެކަމަށް މަސައްކަތް ކުރަމުން،" ޖިއާނީ ވިދާޅުވިއެވެ.

ޖިއާނީ އިންފަންޓީނޯ އެންމެ ފަހުން އިންޑިއާއަށް ޒިޔާރަތް ކުރެއްވީ ފީފާ- 17 އިން ދަށުގެ އަންހެން ވޯލްޑް ކަޕްގެ ޓެސްޓްތަކުގެ ތެރޭގައެވެ. މި އިވެންޓް ރަނގަޅަށް އިންތިޒާމް ކުރި ކަމަށްޓަކައި ޖިއާނީ ވަނީ އިންޑިއާއަށް ތައުރީފުގެ ގިނަ ބަސްތައް ވެސް ވިދާޅުވެފައެވެ. އިންޑިއާއިން ވަނީ 2017 ވަނަ އަހަރު ފީފާ- 17 އިން ދަށުގެ ފިރިހެން ވޯލްޑް ކަޕާއި 2022 ވަނަ އަހަރު އޭއެފްސީ އަންހެން އޭޝިއަން ކަޕް ފަދަ ދުނިޔޭގެ އެތައް އިވެންޓެއް ބާއްވާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި އިތުރު އެތައް އިވެންޓެއް ބާއްވާނެ ގާބިލްކަން އިންޑިއާގެ އެބައޮތް ކަމަށާއި އަދި ގްރާސްރޫޓް ވެސް ވަރުގަދަ ކުރަން ޖެހޭ ކަމަށް އިންޑިއާގެ ރައީސް ވަނީ ވިދާޅުވެފައެވެ. އިންޑިއާ އިން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވެފައިވާއިރު، މި އިވެންޓުގައި އެޓީމުން ދެއްކި ކުޅުމަކީ ކުރިއަށް އޮތް ދުވަސްވަރު ގައުމު ކުރިއަރާނެ ގޮތް ވަޒަންކުރުމަށް އެހީތެރިވެދޭނެ ކުޅުމެކެވެ.

ޓެގްސް: އިންޑިއާ ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.