ޕެލޭ، 82 އަހަރުގައި ދުނިޔެދޫކުރިއިރު، 3 ކައިވެންޏެއްކޮށް 7 ދަރިން ދުނިޔޭގައި އެބަތިބި

ކުޅިވަރު

ޕެލޭގެ ޙަޔާތުން ތަންކޮޅެއް، ޖަނާޒާ ހޯމަދުވަހު

އަލީ އަޒްޔަން - ދުނިޔެ | 30 ޑިސެންބަރު 2022 , ހުކުރު 10:27   239

ފުޓުބޯޅަ ލެޖެންޑް، ބްރެޒިލްގެ ޕެލޭ، ބުރާސްފަތިދުވަހުގެރޭ ދުނިޔެ ދޫކުރިއިރު ޢުމުރަކީ 82 އަހަރެވެ. ޕެލޭ ދުނިޔެއަށް އަލްވަދާޢުކީއިރު، ގެންދެވީ ގިނަ ދުވަސްތަކެއްވަންދެން ކެންސަރަށް ފަރުވާހޯއްދަވަމުންނެވެ.

ތިން ވޯލްކަޕް މިހާތަނަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ ޕެލޭ، ފުޓުބޯޅައިގެ ދުނިޔެއަށްފަހު، ފެނިގެންގޮސްފައިވަނީ ހިއުމެނިޓޭރިއަން (އިންސާނިއްޔަތައް މަސައްކަތްކުރާ) މީހެއްގެ ގޮތުގައެވެ.

ޕެލޭ ބައިނަލްޢަޤްވާމީ ފުޓުބޯޅަކުޅެފައިވަނީ 1957 އިން 1971 އަށެވެ. އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ 1958 ވަނަ އަހަރު ކުޅުނު ވޯލްޑްކަޕްގައި، 10 ނަމްބަރު ޖޯޒީ ލައިގެންހުރެ، ހަލުވިކޮށް ޑްރިބްލްކޮށްގެން ސްވިޑްންގެ ތިން ކުޅުންތެރިއަކު ކަޓުވާލާފައި ދިޔަ ހިސާބުންނެވެ.

ޕެލޭ ފުޓުބޯޅަކުޅުނުއިރު އެކުގައި ގަރިންޗާ ކިޔާއެހެންކުޅުންތެރިއަކު ކުޅެފައިވެއެވެ. ދެމީހުން އެކުގައި ނިކުތް އެއްވެސް މެޗަކުން ބްރެޒިލް ޓީމް ބަލިވެފައިނުވެއެވެ.

ޕެލޭ މަޝްހޫރުވީ ފުޓުބޯޅައިގެ ރީތީ ހުނަރުތަކާއި އުކުޅުތަކަށް މޮޅު ކުޅުންތެރިއެއްގެގޮތުގައެވެ.

ޕެލޭގެ އިތުރު ކާމިޔާބީތައް :

  • އެންމެ ފުރަތަމަ ބްރެޒިލްއަށް ގޯލެއް ޖަހައިދިނީ ޢުމުރުން އެންމެ 16 އަހަރުގައި، 1957 ގައި އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗެއްގައި
  • ޢުމުރުން އެންމެ 17 އަހަރުގައި (1958) ޕެލޭ ވެގެންދިޔައީ ވޯލްޑްކަޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށް
  • ހަމައެވޯލްޑްކަޕްގެ ފައިނަލްގައި ސްވިޑްން އާއިއެކުކުޅެ 5-2 ނަތީޖާއަކުން މޮޅުވިއިރު، ޕެލޭ ޖެހި ދެގޯލަކީވެސް ވަރަށްބޮޑަށް ފާހަގަކުރެވިގެންދިޔަ ދެގޯލް
  • ޗިލީގައި 1962 ގައި ބޭއްވުނު ވޯލްޑްކަޕްގައި ދުނިޔޭގެ އެންމެ މޮޅު އަދި މަޤްބޫލުކުޅުންތެރިޔާގެ މަގާމާއި ލަގަބްހޯދި
  • އިނގިރޭސިވިލާތުގައި ބޭއްވުނު 1966ގެ ވޯލްޑްކަޕްގައި ދުނިޔޭގެ އެންމެ މަޝްހޫރުފުޓުބޯޅަ ކުޅުންތެރިޔާއަށް ވެގެންދިޔަ، އެކަމަކު އެފަހަރު ފުރަތަމަބުރުން ބްރެޒިލް ކެޓި
  • މެކްސިކޯގައި 1970 ގައި ބޭއްވުނު ވޯލްޑްކަޕްގައި، ފައިނަލްގައި އިޓަލީއާއި ދެކޮޅަށްކުޅެ ވޯލްޑްކަޕްގެ 100 ވަނަ ގޯލް ކާމިޔާބުކުރި.
  • 1995 ވަނަ އަހަރު ޕެލޭ ވަނީ ބްރެޒިލްގެ، މިނިސްޓަރ އޮފް ސްޕޯޓްސްކަން ކޮށްފައި، މަޤާމް ދޫކުރީ 1998 ވަނަ އަހަރު ވޯލްޑްކަޕްގެ ދުވަސްކޮޅެއް ކުރިން

ސިއްޙީ ޙާލަތު :

  • 1997 - ކަނާތް ފަރާތު ކިޑްނީ ނެގުނު
  • 2012 - ހިޕް އޮޕަރޭޝަނެއް ކުރި
  • 2018 - ވޯލްޑްކަޕް ބަލަން ދިޔައީ ވީލްޗެއަރ އެއްގައި
  • 2019 - ކިޑްނީސްޓޯން އާއިހެދި އޮޕަރޭޝަނެއް ކުރި
  • 2020 - ހެލިފެލިވެ އުޅެންދަތިވެ، ގޭގައި މަޑުކުރަންޖެހުނު
  • 2021 - ކޯލަން ޓިއުމަރެއް ނަގަން ޖެހުނު
  • 2021 - ކެންސަރަށް ފަރުވާހޯދަން ފެށި
  • 2022 - ކީމޯތެރަޕީ ރަނގަޅަށް މަސައްކަތެއްނުކުރި
  • 2022 - އެލްބަޓް އައިންސްޓައިން ހޮސްޕިޓަލުގައި، ކޯލަން ކެންސަރުގައި ދުނިޔެ ދޫކުރި

ޕެލޭގެ ޖަނާޒާ އޮންނާނީ ޖެނުއަރީ 2 ވާ ހޯމަދުވަހު، ސެންޓޯސް އެފްސީގައި ހުންނެ އޭނާގެ އަމިއްލަގެ، ވިލާ ބެލްމީރޯގައެވެ. މިޖަނާގައި ބައިވެރިވުމަށް ޢާއްމުފަރާތްތަކަށް ވެސް ހުޅުވާލާނެއެވެ.

ޓެގްސް: ބްރެޒިލް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.