މިރޭގެ ފައިނަލްގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑް އަދި ބާސެލޯނާ

ކުޅިވަރު

ސްޕެނިޝް ސުޕަރކަޕްގެ ފައިނަލް މިރޭ، ބެންޒެމާ ހުރީ ތައްޔާރަށް

އަލީ އަޒްޔަން - ދުނިޔެ | 15 ޖެނުއަރީ 2023 , އާދީއްތަ 18:47   167

ސްޕެނިޝް ސުޕަރކަޕްގެ ފައިނަލް މިރޭ، ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އޮންނާނެއެވެ.

ފައިނަލްގައި ކުޅޭނީ ރެއާލްމެޑް އާއި ބާސެލޯނާއެވެ.

މިމެޗުގައި ފްރާންސްގެ ތަރި ކަރީމް ބެންޒެމާ ވެސް ކުޅޭނެކަމަށް ޚަބަރުތައް ބުނެއެވެ. އަނިޔާއާއި ހެދި ބެންޒެމާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ޤަޠަރުގައި އޮތް ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެވިފައި ނުވެއެވެ. ވޯލްޑްކަޕްގައި އާޖެންޓީނާ އާއި ދެކޮޅަށް ފްރާންސުން ކުޅުނު ނަމަވެސް ތަށި ގެންދިޔައީ އާޖެންޓީނާއިންނެވެ.

ބެންޒެމާ ބުނެފައިވަނީ، މިހާރު އޭނާ ހުރީ ރަނގަޅު ފޯމެއްގައި ކަމަށާއި ބޭނުންވަނީ ސްޕެނިސް ސުޕަރކަޕް ތަށި ކާމިޔާބުކުރަންކަމަށެވެ.

ރެއާލް މެޑްރިޑް އަކީ އެންމެ ފަހުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަނެވެ. އަދި ބާސެލޯނާ އަކީ ރަނަރއަޕް ޓީމެވެ.

ޓެގްސް: ބާސެލޯނާ ލަލީގާ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.