އެވަޓަންގެ ފޯވާޑް އެންތަނީ ގޯޑަން

ކުޅިވަރު

އެވަޓަންގެ ފޯވާޑް އެންތަނީ ގޯޑަން އާއިއެކު ނިއުކާސަލް އިން 45 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 30 ޖެނުއަރީ 2023 , ހޯމަ 09:44   203

ނިއުކާސަލް ޔުނައިޓެޑުން އެވަޓަންގެ ފޯވާޑް އެންތޮނީ ގޯޑަން ގެނައުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އުމުރުން 11 އަހަރުން ފެށިގެން އެވަޓަންގައި ކުޅެމުން އަންނަ, މިހާރު އުމުރުން 21 އަހަރުގެ ސެންޓޭ އަކީ މި ސީޒަނުގައި ޗެލްސީގެ ޓާގެޓަކަށް ވެފައިވާ ކުޅުންތެރިއެކެވެ.

ފެށޭ ފީއަކީ 40 މިލިއަން ޕައުންޑް ކަމަށް އެނގިފައިވާއިރު، އެޑްއޮންސްތަކާއެކު 45 މިލިއަން ޕައުންޑަށް އަރާނެ އެވެ.

"އެ ޝައުގުވެރިކަމުގެ ވާހަކަ އަޑުއެހި ފަހުން އަބަދުވެސް ޔަގީންވީ ނިއުކާސަލް އަކީ އަހަންނަށް ރަނގަޅު ޓީމެއްކަން. އަހަރެންގެ ގާބިލްކަން އަދި މީހުންނަށް ނުދެއްކޭ،" އެންޔޫއެފްސީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ގޯޑަން ބުންޏެވެ.

"އަހަންނަށް ހީވަނީ ފޭން ބޭސް އާއި ސިޓީ އަހަންނަށް އިންސާނެއްގެ ގޮތުގައި ވަރަށް ކަމުދާހެން، ޓީމު ކުޅޭ ގޮތް އަހަންނަށް ވަރަށް ކަމުދާހެން، އަދި ކްލަބު ހަމަ ހީވަނީ ރަނގަޅު ދިމާލަކަށް މިސްރާބު ޖަހާހެން."

"އަހަންނަށް ހީވަނީ މިއީ ވަރަށް ބޮޑު ފިޔަވަޅެއްހެން މިއެޅެނީ. އަދި ކްލަބު ކުރިއަށްދާ ގޮތަށް ބަލާއިރު މިތަނުގައި ވަރަށް މޮޅުވެވޭނެހެން."

އެވަޓަންގެ ބަޔާނެއްގައި ބުނެފައި ވަނީ އެޑީ ހޯވްގެ ޓީމާއި، ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް، ގޯޑަން ގުޅުނީ ހާމަނުކުރާ ފީއެއް ދައްކައިގެން ރަސްމީ ޓްރާންސްފާ ރިކުއެސްޓެއް ހުށަހެޅުމަށް ފަހުގައި ކަމަށެވެ.

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.