ކޮލިފައިންގ ގައި ނެދަލޭންޑްސް އާއި ދެކޮޅަށް ކުޅެނީ

ކުޅިވަރު

ޔޫރޯ ކޮލިފައިންގ، އެމްބާޕޭ ދެ ގޯލާއިއެކު ފްރާންސް މޮޅޮކޮށްދީފި

އަލީ އަޒްޔަން - ޔޫރަޕް | 25 މާރޗް 2023 , ހޮނިހިރު 07:53   102

ފްރާންސްގެ ކެޕްޓަންކަމުގައި ކިލިއަން އެމްބާޕޭ ފުރަތަމަ ލަނޑު ޔޫރޯ 2024 ގެ ކޮލިފައިން ކެމްޕޭން ނެދަލެންޑްސް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.މިމެޗު ފްރާންސުން ވަނީ ފަސޭހަކަމާއިއެކު މޮޅުވެފައެވެ.

މެޗުގެ އެންމެ ދެ މިނެޓަށް ފަހު ފްރާންސުން ކުރީގައި އޮއްވާ އެމްބާޕޭ ދިން ޕާހަކުން އެންޓޮއިން ގްރިޒްމަން ވަނީ ގޯލަށް ވައްދާފައެވެ.

އޭގެ ހަ މިނެޓް ފަހުން ޑިފެންޑަރު ދަޔޯޓް އުޕަމެކާނޯ ވަނީ އިތުރު ގޯލެއްޖަހައި 2-0 އިން ނަތީޖާ ފުޅާކޮށްފަ އެވެ.

އެއަށްފަހު އެމްބާޕޭ ވަނީ ފްރާންސަށް 37 ވަނަ ގޯލު ކާމިޔާބުކޮށްދީ ދުއްވައިގެން ވަދެގެން ދިޔައިރު، އޭގެ ފަހުން މެޗުގެ ފަހުކޮޅު މެޗުގައި އޭނާގެ ދެވަނަ ގޯލު ވެސް ޖަހާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭއަށް ދިން ކެޕްޓަންކަމުގެ މަގާމަށް ފަރުވާކުޑަވުމުން ގްރީޒްމަން ހިތްހަމަ ނުޖެހުނު ނަމަވެސް 21 ވަނަ މިނެޓުގައި އެމްބާޕޭގެ ފުރަތަމަ ލަނޑު ފާހަގަކުރިއިރު އެ ދެ ކުޅުންތެރިންގެ މެދުގައި ދެކޮޅުވެރިކަމުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

ޓެގްސް: ފުޓުބޯޅަ ފްރާންސް ނެދަރލޭންޑްސް ޔޫރޯ 2024
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.