އަލީ އަޝްފާގް، ދަގަނޑޭ ނިއުގެ މެނޭޖްމެންޓް ޓީމާއިއެކު ކޮފީ މޭޒެއްގައި

ކުޅިވަރު

ދަގަނޑޭ މެޗެއް ނުކުޅޭތާ 2 އަހަރުފަހުން ނިއުއަށް ކުޅެން ނިކުންނަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 މާރޗް 2023 , ބުރާސްފަތި 11:59   176

ރާއްޖޭގައި ތާރީޚުގައި ވެސް އުފުދުނު އެންމެ ހުނަރުވެރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ)، ރާއްޖޭގެ ކުރީގެ އެއްވަނަ ކްލަބް ނިއުރޭޑިއެންޑް ސްޕޯޓްސް ކްލަބާއި ގުޅެން ތައްޔާރުވެއްޖެއެވެ.

ދަގަނޑޭ އެންމެ ފަހުން ކްލަބެއްގައި އުޅެފައިވަނީ ކްލަބް ވެލެންސިއާގައެވެ. އޭނާ އެކްލަބްގައި އަހަރެއްވަރު ކުޅެފައިވާއިރު، އެންމެފަހުން މެޗެއް ކުޅެން ދަނޑަށް ނިކުމެފައިވަނީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން އަނިޔާތަކާއެކު އޭނާއަށް ވަނީ ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ.

ދަނގަނޑޭ އަކީ މިހާރުވެސް ޤައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ އެންމެފަހުން ލ. ގަމުގައި ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައިވެއެވެ.

މީގެ ކުރިންވެސް ދަނގަޑޭ ވަނީ ނިއުއަށް ކުޅެ ޖުމްލަ 123 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.