ލީޑްސް ދެކޮޅަށް މީގެކުރިން އާސެނެލް ކުޅުނު މެޗުގެ ތެރެއިން

ކުޅިވަރު

ތާވަލުގެ އެއްވަނަ އާސެނެލް، ލީޑްސް އާއި ދެކޮޅަށް ކުުޅޭ މެޗު މިރޭ 7.00 ގައި

އަލީ އަޒްޔަން - ޔޫރަޕް | 1 އޭޕުރިލް 2023 , ހޮނިހިރު 13:24   158

އިނގިރޭސި ޕްރެމިއާލީގުގައި، ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތް އާސެނެލް، މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރު ކުޅޭނެއެވެ. އާސެނެލް މިމެޗްގުގައި ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑް އާއިއެވެ.

މިއީ ސީޒަނުގައި އާސެނަލް އިން ކުޅޭ އެންމެ ފަހު 10 މެޗުގެ ތެރެއިން މެޗެކެވެ. ޖާވީ ގްރޭޝިއާ ފުރަތަމަ ފަހަރަށް މިކެލް އާޓެޓާއާ އާއި ކުރިމަތިލާއިރު، ވިލްފްރީޑް ގްނޮންޓޯ، މެކްސީ ވޯބަރ އަދި ޓައިލަރ އެޑަމްސް ފަދަ މުހިއްމު ކުޅުންތެރިންތައް މެޗުގައި ނުކުޅޭނެއެވެ.

އާސެނެލް އަކީ އެންމެ ފަހުން ކުޅުން 5 މެޗް އަޅާކިޔާއިރު ހުރިހާ މެޗަކުން މޮޅުވެފައިވާ ހަމައެކަނި ޓީމެވެ. ލީޑްސް އިން އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެފައިވާއިރު އެއް މެޗުން އެއްވަރުވެފައިވެއެވެ.

މިރޭގެ މެޗު ކުޅޭނީ 60،700 މީހުންގެ ޖާގައިގެ، ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމުގައެވެ. މިއީ އާސެނެލްގެ އަމިއްލަ ދަނޑެވެ.

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް ފުޓުބޯޅަ އާސެނަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.