ގެބްރިއެލް ޖީސަސް، އޮކްޓޯބަރުގެ ފަހުން ޖެހި ފުރަތަމަ ގޯލާއިއެކު އުފާ ފާޅުކުރަނީ

ކުޅިވަރު

ޕްރެމިއާލީގް - އާސެނަލް 4 : 1 ލީޑްސް (ޕްރެމިއާ ލީގް)

އަލީ އަޒްޔަން - ޔޫރަޕް | 1 އޭޕުރިލް 2023 , ހޮނިހިރު 21:15   165

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗް ނިމުނީ 4: 1 ގެ ނަތީޖާ އަކުން އާސެނަލް މޮޅުވެގެންނެވެ.

މެޗުގައި 67 ޕަސެންޓް ޕޮސެޝަނާއި އެކު މޮޅުކުޅުމެއް ދައްކާފައިވަނީ އާސެނަލް އިންނެވެ.

އާސެނަލްގެ ފުރަތަމަ ގޯލް ޖަހައިދީފައިވަނީ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގެބްރިއެލް ޖީސަސް އެވެ. އޭނާ ވަނީ ދެވަނަ ހާފުގައި ވެސް އިތުރު ގޯލެއް ޖަހައިދީފައެވެ.

ލީޑްސް ހަމަ އެކަނި ގޯލު ޖަހައިދީފައިވަނީ ރަސްމުސްއެވެ. އެއީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މެޗުގައި ލީޑްގެ ދެކުޅުންތެރިއަކަށް ރީނދޫ ކާޑު ވެސް ދައްކާފައިވެއެވެ.

ޖުމްލަ 60،283 މީހުން މެޗު ބަލަން ވަދެފައިވާއިރު، މިމެޗު ކުޅެފައިވަނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

ހައިލައިޓްސް

ޓެގްސް: އާސެނަލް އިނގިރޭސި ޕްރެމިއަރ ލީގް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.