މުބާރާތުގެ ޓީމްތަކުގެ ގުރުނެގުމުގެ ޙަރަކާތުގެތެރެއިން

ކުޅިވަރު

ގޯދިއްޔާ ފުޓްސަލް މުބާރާތް 2023 - ފެށުން މާދަމާރޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 4 އޭޕުރިލް 2023 , އަންގާރަ 21:51   174

އައްޑޫ ސިޓީގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯދިއްޔާ ފުޓްސަލް މުބާރާތް މާދަމާރޭ އައްޑޫސިޓީ މަރަދޫ ދަނޑުގައި ފެށިދާނެއެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ދެއްވަމުން، މުބާރާތް އިންތިޒާމްކުރައްވާ ފަރާތް ކަމުގައިވާ ގޯދިއްޔާ ޖަމްޢިއްޔާއިން ބުނެފައިވަނީ، މިމުބާރާތުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމާއި ފުޓުބޯޅަކުޅުމުގެ ރޫޙް ދިރުވައި އާލާކުރުންކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ވެސް އައްޑޫގެ އެކި ސަރަޙައްދުތަކުން ޖުމްލަ 13 ޓީމެއް ވާދަކުރެއެވެ. މުބާރާތް އޮންނާނީ މިހިނގާ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ގުރުއަތުލުމުގެ ޙަފްލާ މަރަދޫ އަކުއާ ވެންޗާރ ޑައިވް ސެންޓަރުގައި ވަނީ ހޯމަދުވަހުގެރޭ ބާއްވާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗު އަދި ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ބުދަދުވަހުގެރޭ 9.30 ގައި މަރަދޫ ދަނޑުގައެވެ.

މިމުބާރާތާއި ގުޅޭ އެންމެ ފަހުގެ މަޢްލޫމާތު އެކްސްޕްރެސް ނިއުސް މެދުވެރިކޮށް ކިޔުންތެރިންނަށް ލިބެމުންދާނެއެވެ. އަދި އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ބައެއް މެޗުތަކުގެ ހައިލައިޓްސް، އަދި ލައިވްސްޓްރީމް ވީޑިއޯތައް ފެނިގެންދާނެއެވެ.

ޓެގްސް: ފުޓްސަލް ފުޓްސަލް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.