މެރިންޕަވާ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ފަސްވަނަ މެޗުގައި އެސްއެމްޓީ އަދި ޗެލެންޖާސް ބައްދަލުކުރި މެޗް ނިމުނީ 1-0 ގެ ނަތީޖާއަކުން އެސްއެމްޓީ މޮޅުވެގެންނެވެ.
މަރަދޫފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ޖެހުނު ހަމައެކަނި ގޯލު ޖަހައިދީފައިވަނީ އެސްއެމްޓީގެ ޖޯޒީ ނަމްބަރު 10 އިސްމާޢިލް އަލަފް އިބްރާހިމް ރަޝީދު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފައުލްތައް މަދު ނަމަވެސް، ދެވަނަ ހާފުގެ ކުޅުމުގެ ތެރެއިން ދެޓީމުން ވެސް ގިނަ ފައުލްތަކެއް ކޮށްފައިވެއެވެ. ނަމަނވެސް، މެޗު ނިމުނުއިރު އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައި ނުވެއެވެ.
ރެފްރީކަންކޮށްފައިވަނީ މުޙައްމަދު ޒިޔާދު އަބްދުއްﷲ އަޙުމަދެވެ.
މުބާރާތުގައި ދެން ދެޓީމުން ވެސް ވާދަކުރާނީ ޔަންގް މެޖެންޓާ އާއިއެވެ. ޔަންގް މެޖެންޓާ އާއިދެކޮޅަށް ޗެލެންޖާސް ނިކުންނާނީ 10 އޭޕްރިލްގައެވެ. އެސްއެމްޓީ ނިކުންނާނީ 12 ވަނަ ދުވަހުގެ ރެއެވެ.