މެރިންޕަވާ ގޯދިއްޔާ ފުޓްސަލް 2023 ގައި ރޭ ޒެފިއާ އަދި ޒެލޯން ބައްދަލުކުރި މެޗު، 7-1 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ޒެފިއާއެވެ.
މެޗުގައި އެންމެ ފުރަތަމަ ގޯލެއް ޖެހީ ޒެފިއާއިންނެވެ. ނަމަވެސް ޒެލޯން އިން ގޯލެއް ޖަހައި އެއްވަރުކުރިއެވެ. އޭގެ ފަހުން ޒެފިއާއިން ދިޔައީ ފުލުފުލުން ގޯލު ޖަހަމުންނެވެ.

މެޒުގައި ޒެފިއާގެ ޖޯޒީ ނަމްބަރު 2، އަހުމަދު އައިހަމް ވަނީ 4 ގޯލު ޖަހައި ހެޓްރިކް ވެސް ހަދާފައެވެ. އަދި އޭނާ ވަނި މެޗުގެ މޭން އޮފްދަ މެޗްކަން ވެސް ހޯދާފައެވެ. އެޓީމަށް އިތުރު ގޯލްތައް ޖަހައިދިނީ ނާޖިހް އާއި އިންޝަލް އެވެ.
ޒެލޯންގެ ހަމައެކަނި ގޯލް ޖަހައިދިނީ ޖޯޒީ ނަމްބަރު 14 ޔޫސުފް ސިދްހާމްއެވެ.