2023 ވަނަ އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ރޭ، މައިލޯސިޓީ އާއި މަރަދޫ ޔުނައިޓެޑް ބައްދަލުކުރި ޗެމް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މިއީ މުބާރާތުގައި ކުޅޭ 12 ވަނަ މެޗެވެ. އަދި ގްރޫޕް ސްޓޭޖްގައި ދެ ޓީމުން ވެސް ކުޅޭނެ ފަހުމެޗެވެ.
މަރަދޫ ޔުނައިޓެޑްއަށް ގޯލް ޖަހައިދިނީ ޖޯޒީ ނަމްބަރު 30، ވިޝާން ޙަބީބެވެ. މައިލޯ ސިޓީގެ ގޯލު ކާމިޔާބުކޮށްދިނީ ޖޯޒީ ނަމްބަރު 9، އަލީ ޙާފިޒް އެވެ. މެޗުގެ މޭންއޮފްދަމެޗްކަން ވެސް ހޯދީ އޭނާއެވެ.

މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައިނުވެއެވެ. ރެފްރީކަންކޮށްފައިވަނީ މުޙައްމަދު ޒިޔާދު އާއި އަބްދުއްﷲ އަހުމަދެވެ.