މެރިންޕަވާ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ކުއާޓާ ފައިނަލްގެ މެޗްތައް ކުޅެފައިވަނީ އޭޕްރިލް މަހުގެ 14 ވީ ހުކުރު ދުވަހުގެ ރެއެވެ.
ރޭކުޅުނު ކުއާޓާފައިނަލްގެ ހަތަރުވަނަ މެޗް: ބައްދަލުކުރީ ފޯލޭންޑް ކްލަބާއި މަރަދޫ ޔުނައިޓެޑް
މިމެޗް 3-5 ނަތީޖާ އަކުން ކާމިޔާބުކުރީ މަރަދޫ ޔުނައިޓެޑުންނެވެ. މެޗުގެ މޭން އޮފްދަ މެޗްކަން ހޯދާފައިވަނީ މަރަދޫ ޔުނައިޓެޑްގެ ޖޯޒީ ނަމްބަރު 84، އަބްދުއްﷲ ނާސިހްއެވެ.
މަރަދޫ ޔުނައިޓެޑުން ގޯލްޖެހި ކުޅުންތެރިންނަކީ ވިޝާން ޙަބީބް ދެ ގޯލު، ހުސެން ވިފާގް ދެ ގޯލު، އަދި ހުސެން ޝިއުސް އެއް ގޯލެވެ. ފޯލޭންޑް ކްލަބުން ގޯލުޖެހީ: އަހުމަދު ޒަޔާޏް، ހަސަން ޒަިދާން، އަދި އަލީ ޝަނޫން/ ކޮންމެ ކުޅުންތެރިއަކަށް އެއްގޯލް ޖަހާފައިވެއެވެ.
މިމެޗުގައި ފޯލޭންޑް ކްލަބުން ޒަޔާން، ޒައިދާން، އަދި އަލީ ޝަނޫން އަށް ރީނދޫކާޑު ދައްކާފައިވެއެވެ. ރެފްރީކަން ކޮށްފައިވަނި އިބްރާހިމް އާއި ނާއިމްއެވެ.

ތިންވަނަ މެޗު: ބައްދަލުކުރީ އެސްއެމްޓީ އާއި ފްރެންޑްސް ކްލަބް
މިމެޗް ކާމިޔާބުކުރީ 0-5 ފްރެންޑްސް ކްލަބުންނެވެ. މެޗުގެ މޭންއޮފްދަމެޗްކަން ހޯދާފައިވަނީ ހުސެން ޝަރީފްއެވެ. އޭނާ ވަނީ ތިން ގޯލާއެކު ހެޓްރިކް ވެސް ހަދާފައެވެ.
ފްރެންޑްސް ކްލަބުން ގޯލުޖެހީ : ހުސެން ޝަރީފް ތިން ގޯލު، އަބްދުއްﷲ އިމްރާން އެއްގޯލު، އަދި އަލީ ނާފިއު އެއް ގޯލެވެ.
ޗެމުގައި ޢަލީ ސަދޫފް އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. ރެފްރީކަން ކޮށްފައިވަނީ އަބްދުއްﷲ އަހުމަދާއި މުޙައްމަދު ޒިޔާދެވެ.

ދެވަނަ މެޗް: ބައްދަލުކުރީ ޔަންގްވަންސް އާއި ޗެލެންޖާސް
މިމެޗު 5-1 އިން ކާމިޔާބުކުރީ ޔަންގްވަންސް އެވެ.
މިމެޗުގައި ޔަންގްވަންސް ގެ ޖޯޒީ ނަމްބަރު 97 ވަނީ އެޓީމަށް ދެގޯލުޖަހައިދީ މޭންއޮފްދަމެޗުކަން ވެސް ހޯދާފައެވެ. އޭނާގެ އިތުރުން އެޓީމަށް ގޯލް ޖަހައިދީފައިވަނީ މުޙައްމަދު އާލިފް ފަހުމީ އާއި ޔާމީން މުޙައްމަދެވެ. ޗެލެންޖާސްގެ ހަމައެކަނި ގޯލް ޖަހައިދީފައިވަނި ޖޯޒީ ނަމްބަރު 2 އިސްމާޢިލް ޝައުން ޝަރީފެވެ.
މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައިނުވެއެވެ. ރެފްރީކަން ކޮށްފައިވަނީ އިބްރާހިމް އަދި ޢަބްދުއްﷲއެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ މެޗް: ބައްދަލުކުރީ ޒެފިއާ އަދި އެފްސީ އަފިރިން
މިމެޗް 1-0 އިން ކާމިޔާބުކުރީ އެފްސީ އަފިރިން ޓީމުންނެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ އެފްސީ އަފިރިން ޓީމުން ޖޯޒީ ނަމްބަރު 16 އިބްރާހިމް އަޒީންއެވެ. އޭނާ ވަނީ މެޗުގެ މޭން އޮފްދަ މެޗުކަން ވެސް ހޯދާފައެވެ.
މެޗުގައި ޒެފިއާގެ ހަސަން އިރުފާނަށާއި މުޙައްމަދު ދާނިޝް އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. އަދި އެފްސީ އަފިރިން ޓީމުން މުޙައްމަދު އަހުމަދަށް ވެސް ރީނދޫ ކާޑު ދައްކާފައިވެއެވެ. ރެފްރީކަން ކޮށްފައިވަނި އިމްތިޔާޒު އާއި ޒިޔާދެވެ.

މުބާރާތުގައި ކުރިއަށް ހުރި މެޗުތައް:
މުބާރާތުގެ ސެމީ ފައިނަލުގައި އެފްސީ އަފިރިން ނިކުންނާނީ ޔަންގްވަންސް އާއި ދެކޮޅަށެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މަރަދޫ ޔުނައިޓެޑުން ބައްދަލުކުރާނީ ފްރެންޑްސް ކްލަބްއާއިއެވެ.
މި ދެމެޗް ވެސް އޮންނާނީ 16 އޭޕްރީ ވާ އާދީއްތަ ދުވަހުގެ ރެއެވެ.