ތްޑީ އިން ރެންޑާކޮށްފައިވާ މިސްކިތުގެ ކުރެހުމެއް، މިސްކިތުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ

ދީން

ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް މިސްކިތް ދުބާއީގައި ބިނާކުރަނީ

އަލީ އަޒްޔަން - މެދުއިރުމަތި | 11 މެއި 2023 , ބުރާސްފަތި 09:21   652

ދުބާޢީ އިން ބޭނުންވަނީ 2030 ވަނަ އަހަރާއި ހަމައަށްދާއިރު 25 އިންސައްތަ ޢިމާރާތްތައް ތްރީޑީ ޓެކްނޮލޮޖީން އިން ތައްޔާރުކުރުމަށެވެ.

މިލަނޑުދަނޑީގެ ދަށުން، ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް މިސްކިތް ދުބާއީގައި ބިނާކުރަން ދުބާޢީން ދަނީ ތައްޔާރުވަމުންނެވެ.

ދުބާއީ ސަރުކާރުގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓް (އައިއޭސީއޭޑީ)ގެ އިންޖިނިއަރިން ޓީމުގެ ވެރިޔާ އަލީ މުހައްމަދު އަލްހަލްޔާން އަލްސުވައިދީ ވިދާޅުވި ގޮތުގައި، ދެ ބުރިއަށް 2،000 އަކަމީޓަރުގެ ބިމެއް ހުންނަ މި މިސްކިތުގައި 600 މީހުންނަށް އަޅުކަންކުރާނެ ޖާގަ ލިބޭނެއެވެ.

އަހަރު ނިމޭއިރު އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިމިސްކިތް ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެން މިސްކިތް 3ޑީ ޕްރިންޓް ކުރަން ނިންމީ ގަދީމީ އިމާރާތް ކުރުމުގެ އުސޫލުތަކާ އަޅާބަލާއިރު ވަގުތާއި ވަސީލަތްތައް ސަލާމަތް ކުރެވޭނެ އާ އަދި އާ ޓެކްނޮލޮޖީއަކަށް 3ޑީ ޓެކްނޮލޮޖީ ވާތީ،" އަލްހާލިއަން އަލްސުވައިދީ ވިދާޅުވި އެވެ. ނަމަވެސް އައިއޭސީއޭޑީން ވަނީ އިމާރާތް ކުރުމުގެ ޒިންމާ އުފުލާނެ ކުންފުނީގެ ނަން ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

3ޑީ ޕްރިންޓިން ބޭނުންކޮށްގެން އިމާރާތްތައް އެޅުމަށް ބޭނުންވަނީ ޑިޒައިންގެ މައުލޫމާތު ޕްރޮގްރާމްކޮށްފައިވާ ބޮޑެތި ޕްރިންޓިން މެޝިންތަކެކެވެ. އެމީހުން ނޮޒެލްއަކުން ކޮންސްޓްރަކްޝަން މެޓީރިއަލް ޕްރެސްކޮށް، ސްޓްރަކްޗަރ ފަށަލަތަކެއްގެ ގޮތުގައި ބިނާކުރެއެވެ. 3ޑީ ޕްރިންޓްކޮށްފައިވާ ސްޓްރަކްޗަރތަކުގެ ބޮޑު ބަޔަކީ ކޮންކްރީޓުން ހަދާފައިވާ ތަންތަން ނަމަވެސް ކުނި ފަދަ އެހެން ތަކެތި ބޭނުންކޮށްގެން ވެސް ޕްރިންޓް ކުރެވޭނެ އެވެ.

ދުބާއީ އިން ދުނިޔޭގެ 3ޑީ ޕްރިންޓިން ކެޕިޓަލަކަށް ވުމަށް ނިންމާފައިވާއިރު، 2018 ވަނަ އަހަރު "3ޑީ ޕްރިންޓިން ސްޓްރެޓެޖީ" އެއް ތައާރަފްކޮށްފައިވެއެވެ. 2030 ވަނަ އަހަރުގެ ނިޔަލަށް އެމިރޭޓްގެ އާ އިމާރާތްތަކުގެ %25 3ޑީ ޕްރިންޓިން ކުރުމަށް މިޕްލޭންގެ ދަށުން ރާވާފައިވެ އެވެ.

2019 ވަނަ އަހަރު ނިމުނުއިރު ދުނިޔޭގެ އެންމެ ބޮޑު 3ޑީ ޕްރިންޓްކޮށްފައިވާ ސްޓްރަކްޗާ -- ދުބާއީ މުނިސިޕަލްޓީ އިމާރާތް ވެފައިވާއިރު އެޢިމާރާތުގައި 640 އަކަމީޓަރުގެ ސަރަހައްދެއްގައި 9.5 މީޓަރު އުސްމިން ހުރެއެވެ. މީގެ އިތުރުން ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓްކޮށްފައިވާ އޮފީސް ވެސް ހިމެނެއެވެ.

ޓެގްސް: ޔޫއޭއީ އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.