މެސީ އަދި އޭނާގެ ބައްޕަ

ކުޅިވަރު

މެސީގެ ބައްޕަ، މެސީ ދެން ކުޅޭތަން ދެކެން ބޭނުންވާ ޓީމު ބުނެފި

އަލީ އަޒްޔަން - ދުނިޔެ | 6 ޖޫން 2023 , އަންގާރަ 23:12   536

ލިއޮނަލް މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖް މެސީ ބުނީ އޭނާގެ ދަރިފުޅު އިސްކަންދޭ ބަދަލަކީ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއަށް އެނބުރި އައުން ކަމަށެވެ.

އާދީއްތަ ދުވަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް މެސީ ކުޅުނު އެންމެ ފަހު މެޗުން ފަހުކޮޅު ރޭ ކުޅެފިއެވެ. ނަމަވެސް، ވަކިން ޚާއްޞަކޮށް ވޯލްޑްކަޕަށްފަހު ފެރިހުގައި ހަލަބޮލިކަމެއް އުފެދިފައިވެއެވެ.

ވޯލްޑްކަޕްގައި ފްރާންސާއި ދެކޮޅަށްކުޅެ ތަށި ގެންގޮސްފައިވަނީ މެސީގެ ޓީމު، އާޖެންޓީނާއިންނެވެ.

ވޯލްޑް ކަޕް ކާމިޔާބުކުރި ޕީއެސްޖީގެ ތަރިއަށް، މި ސީޒަނުގައި ޕީއެސްޖީގެ ސަޕޯޓަރުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޫ ޖަހާފައިވެއެވެ. އޭގެ ތެރޭގައި އާދީއްތަ ދުވަހު ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމްގައި، އެ ޓީމުން ލީގު 1 ގެ ޗެމްޕިއަންކަން ހޯދުން ފާހަގަކުރުމުގެ ޙަރަކާތް ހިމެނެއެވެ.

އޭނާ އާއިއެކު ކޮންޓްރެކްޓް ހޯދުމަށް ވާދަކުރާ ކްލަބުތަކުގެ ތެރޭގައި އަލް ހިލާލް ހިމެނޭއިރު، ސައުދީ ކްލަބާ ގުޅުމުގެ ރަސްމީ ހުށަހެޅުމެއް މެސީއަށް ލިބިފައިވާ ކަމަށް ރޮއިޓާސް އިން މިދިޔަ މަހު ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް މެސީ ގިނަ އަހަރުތަކެއް ވަންދެން ކުޅެ 17 ތަށި ހޯދައިދީފައިވާބާސެލޯނާއަށް އެނބުރި އައުމަކީ އޭނާގެ ދަރިފުޅު އިސްކަންދޭ ފިޔަވަޅަކަށް ވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޖޯޖް ޖަވާބު ދިނީ “އާނ” އެކޭ ކަމަށެވެ.

އެއަށްފަހު ޖޯޖް އާއި ކެޓަލޯނިއާ ކްލަބަށް އެނބުރި އައުމުގެ ޔަގީންކަން މެސީގެ އާއިލާއަށް އޮތްތޯ ސުވާލު ކުރުމުން ޖޯޖް ޖަވާބު ދިނީ “އަހަރެން ވަރަށް ލޯބިވާނެ” ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ ޕީއެސްޖީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.