19 އަހަރުގެ ބެލިންހަމް، ޓީނޭޖް ކުޅުންތެރިންގެ ތެރެއިން ތިންވަނައަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ

ކުޅިވަރު

އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމް 103މ ޔޫރޯއަށް ރެއާލްއަށް ދާން އެއްބަސްވެއްޖެ

އަލީ އަޒްޔަން - ޔޫރަޕް | 8 ޖޫން 2023 , ބުރާސްފަތި 07:33   380

ރެއާލް މެޑްރިޑުން ވަނީ 103 މިލިއަން ޔޫރޯ (88.5 މިލިއަން ޕައުންޑް) އަށް އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ގެނައުމަށް ބޮރޫޝިއާ ޑޯޓްމަންޑާއެކު އެއްބަސްވެފައެވެ.

ބާމިންހަމް ސިޓީން 2020 ވަނަ އަހަރުގެ ޖުލައި މަހު ޖަރުމަންގެ ޑޯޓްމަންޑާ ގުޅުނު އުމުރުން 19 އަހަރުގެ މިކުޅުންތެރިޔާ އަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސި ޓީމުގައި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

ބެލިންހަމް ބޭނުންވަނީ މި ބަދަލު ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މެޑިކަލް ހަދަން ފަށާނެ ކަމަށެވެ.

ޔޫރަޕްގެ ގަދަ ބައެއް ޓީމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ މިޑްފީލްޑަރު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.

ޑޯޓްމަންޑުން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި ސްޕެއިން ޓީމުން 103 މިލިއަން ޔޫރޯ ދައްކަން އެއްބަސްވެފައިވާއިރު، އޭގެ މައްޗަށް އެކިއެކި ޕޮޓެންޝަލް އެހެނިހެން އޮފާތައް ވެސް ހިމެނެ އެވެ.

މި އިތުރު އޮފާތައް ކާމިޔާބުކުރެވިއްޖެ ނަމަ އެ ޑީލް 133.9 މިލިއަން ޔޫރޯ (115 މިލިއަން ޕައުންޑް) އަށް އަރާފާނެ އެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ އަގުބޮޑު ޓިނޭޖް (ފުރާވަރުގެ) ކުޅުންތެރިޔާގެ މަގާމު ހޯދާނެކަމަށް ބެލެވޭ ބެލިންހަމް ހޯދުމަށް ޝައުގުވެރިވި ދެ ޓީމަކީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލެވެ.

ޓެގްސް: ފުޓުބޯޅަ ރެއަލް މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.