ސިޓީގެ ހަމައެކަނި ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. މިއީ މިތަށި ކާމިޔާބުކުރި 6 ވަނަ އިނގިރޭސި ޓީމު

ކުޅިވަރު

މެންޗެސްޓާ ސިޓީ އިން ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 11 ޖޫން 2023 , އާދީއްތަ 10:50   346

އިންޓަރ މިލާން އާއި ދެކޮޅަށްކުޅެ، ޕެޕް ގާޑިއޯލާގެ އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗު ކުޅެފައިވަނީ ރާއްޖެ ގަޑިން ދަންވަރު 12 ޖެހިއިރު ތުރުކީގައެވެ.

މެޗުގެ ހަމައެކަނި ގޯލު ޖަހައިދީފައިވަނީ 68 ވަނަ މިނެޓުގައި ސިޓީގެ މިޑްފީލްޑަރ ރޮދްރީއެވެ.

މެޗުގައި ޕާސްދީގެން، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީއިންނެވެ. ނަމަވެސް އިންޓާރ އިން ވަނީ ގިނަ ޢަދަދަކަށް ޝޮޓު ނަގާފައެވެ.

މެޗުގައި އިންޓާރ އިން 17 ފައުލެއްކޮށް 3 ރީދޫ ކާޑު ހޯދައިފައިވެއެވެ. އަދި ސިޓީ އިން ވެސް 11 ފައުލެއްކޮށް 2 ރީނދޫކާޑު ހޯދާފައިވެއެވެ.

މި މޮޅާއެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ޓްރެބަލް ވެސް ޕެޕް ގާޑިއޯލާ އާއި އޭނާގެ ޓީމަށް ފުރިހަމަކުރެވުނީއެވެ. މިހާހިސާބަށް ދަތުރުކުރި ހަމައެކަނި އިނގިރޭސި ކްލަބުގެ ގޮތުގައި މިހާތަނަށް އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ.

މެޗުގެ ފުލްޓައިމް ވަގުތުކޮޅު

ޓެގްސް: އިންޓަރމިލާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.