އަލުން ނެގި ޕެނަލްޓީ ކާމިޔާބުކުރުމާއިއެކު، ޕްރާންސް ޔޫރޯ ކޮލިފައިންގ ގައި ކުޅުނު ހުރިހާ މެޗަކުން ވަނީ މޮޅުވެފައި

ކުޅިވަރު

އެމްބާޕޭގެ ޕެނަލްޓީއާއިއެކު ފްރާންސުން ރެކޯޑް ދަމަހައްޓައިފި

އަލީ އަޒްޔަން - ޔޫރަޕް | 20 ޖޫން 2023 , އަންގާރަ 07:19   408

ކިލިއަން އެމްބާޕޭ ވަނީ ރީޓޭކިން ޕެނަލްޓީ އާއިއެކު، ޔޫރޯ 2024 ކޮލިފައިންގައި ފްރާންސުން ގްރީސް ބަލިކޮށް ފުރިހަމަ ރެކޯޑް އިތުރަށް ދަމަހައްޓައި ޖަހައިފަ އެވެ.

އެމްބާޕޭގެ ފުރަތަމަ މަސައްކަތް އޮޑިސިއަސް ވްލަޗޮޑިމޯސް ސަލާމަތްކުރި ނަމަވެސް، ދެވަނަ ފުރުޞަތު އެމްބާޕޭ ކާމިޔާބުކޮށްދިނުމާއެކު ގްރީސްގެ ބައެއް ޑިފެންޑަރުން ވަނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައެވެ.

އޭގެފަހުން މަވްރޮޕަނޯސް ވަނީ ރެންޑަލް ކޮލޯ މުއާނީ ވައްޓާލި މައްސަލައިގައި ރަތްކާޑު ހޯދާފައެވެ.

މި މޮޅާއެކު ފްރާންސް ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފައެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތްއިރު، މެޗެއް މަދުކޮށް ކުޅުނު ގްރީސްއާ އަޅާބަލާއިރު ހަ ޕޮއިންޓުގެ ފަރަގު އެބައޮތެވެ.

ގްރިޒްމަންއާ ދެކޮޅަށް މަވްރޮޕަނޯސް ކުރި ޗެލެންޖުގެ ސަބަބުން ހަމަނުޖެހުމަކަށް ގޮސްފައިވާއިރު، އެތުލެޓިކޯ މެޑްރިޑްގެ ކުޅުންތެރިޔާގެ ބޮލުގައި ބެންޑޭޖެއް މެޗުގެ ބާކީ އޮތްބައިގައި ބޭނުންކޮށްފައިވެއެވެ.

ދެވަނަ ހާފު ނިމުނުއިރު އަނިޔާގެ ވަގުތުގެ 14 މިނެޓް ކުޅެވުނު ނަމަވެސް، ގްރީސްއަށް ނަތީޖާ ހަމަހަމަ ކޮށްދެވޭ ގޮތެއް ނުވި އެވެ.

ގްރޫޕް ބީގެ އެހެން ޓީމެއްގައި ރިޕަބްލިކް އޮފް އަޔަލޭންޑުން ފުރަތަމަ ޕޮއިންޓް ހޯދީ އަމިއްލަ ދަނޑުގައި ޖިބްރޯލްޓާ އަތުން 3-0 އިން ފަސޭހަ މޮޅެއް ހޯދައިގެންނެވެ.

ޓެގްސް: ގްރީސް ފްރާންސް ފުޓުބޯޅަ ޔޫރޯ 2024
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.