25އ ގެ އިނގިރޭސި ވިންގް ކުޅުންތެރިޔާ

ކުޅިވަރު

ފުޓުބޯޅަ: 5 އަހަރުގެ ކޮންޓްރޭކްޓެއްގައި ހާވީ ބާންސް ނިއުކާސްލްއަށް

އަލީ އަޒްޔަން - ޔޫރަޕް | 24 ޖުލައި 2023 , ހޯމަ 11:07   427

ނިއުކާސަލް ޔުނައިޓެޑުން ލެސްޓާ ސިޓީންގެ އެޓޭކަރު ހާވީ ބާންސް ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފި ކަމަށް ޕްރިމިއާ ލީގުގެ ކްލަބުން ބުނެފި އެވެ.

މި މުޢާމަލާތާއި ގުޅޭ މާލީ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 25 އަހަރުގެ އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މިކުޅުންތެރިޔާ ގެނައުމަށް، ނިއުކާސަލް އިން 39 މިލިއަން ޕައުންޑް (50.13 މިލިއަން ޑޮލަރު) ދީފައިވެ އެވެ.

"މިއީ އަޖައިބު ކުރުވަނިވި ކްލަބެއް. އަހަންނަށް މިއީ ފޯރިގަދަ ކަންތައްތައް ކުރާ ކާމިޔާބު ޓީމަކަށް އައިސް ބައިވެރިވުމުގެ ވަރަށް ބޮޑު ފުރުސަތެއް،" ބާންސް ބުނެފައިވެއެވެ.

"އަހަރެންނަށް ހީވަނީ މިކަހަލަ ޓީމަކަށް އައުމަކީ އެޓޭކަރެއްގެ ހުވަފެނެއްހެން، މިއީ ހައި ޕޭސްޑް ކަމެއް، ފިޒިކަލީ ޑިމާންޑް ބޮޑު ކަމެއް، އެކަމަކު އެކަމުގެ އިނާމު ފެންނަނީ ފުރުސަތުތަކާއި ޖެހި ގޯލުތަކުން، އެހެންވީމަ އަހަރެންނަށް ހީވަނީ އަހަރެން ހަމަ ޔަގީނުންވެސް އެ ސްޓައިލަށް ކަމުދާނެހެން."

އޭނާ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ލެސްޓާރ ސިޓީއަށް ކުޅެމުންނެވެ. ލެސްޓާ އެކެޑެމީ އާއި އޭނާ ގުޅުނީ ޢުމުރުން އެންމެ 9 އަހަރުގައެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.