ކިލިއަން އެމްބާޕޭ، ސައުދީ އަރަބިއާގެ އަލް-ހިލާލް އިން ހުށަހަޅާފައިވަނީ 333 މިލިއަން ޑޮލަރުގެ ބިޑެއްކަމަށް ރިޕޯޓްތައް ބުނޭ

ކުޅިވަރު

އެމްބާޕޭ އަލް-ހިލާލްގެ ހުށަހެޅުމަށް ޝައުގުވެރިކަމެއް ނެތް، ބޭނުންވަނީ ރެއާލް މެޑްރިޑަށް ދާން

އަލީ އަޒްޔަން - ޔޫރަޕް | 26 ޖުލައި 2023 , ބުދަ 12:04   375

ފްރާންސްގެ ސުޕަސްޓާ އަށް ސައުދީ އަރަބިއާގެ އަލް ހިލާލްއާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ޕީއެސްޖީން ހާމަކޮށްފައި ވީނަމަވެސް އެކަމާ ގާތް ފަރާތްތަކުން މީޑިއާތަކަށް މަޢްލޫމާތު ދީފައިވާގޮތުގައި، އުމުރުން 24 އަހަރުގެ އެމްބާޕޭ މިވަގުތު ސައުދީ އަރަބިއްޔާއަށް ބަދަލުވެ ޔޫރަޕުން ބޭރުގައި ކުޅެން ޝައުގުވެރިކަމެއް ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލް ހިލާލް އާއި އަދި ސީދާ ގޮތަކަށް ފްރާންސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާއާ ގުޅިފައި ނުވާއިރު، އެކަން ކުރިޔަސް، އެމްބާޕޭ ހުށަހަޅާފައިވާ ކަންކަން ގަބޫލު ނުކުރާނެ ކަމަށް ފެނެ އެވެ.

އެމްބާޕޭ ހޯދުމަށް ރަސްމީކޮށް ހުށަހެޅުމެއް ހުށަހެޅި ހަމައެކަނި ކްލަބުގެ ގޮތުގައި އަލް ހިލާލް ހުރިކަން ވަނީ ހާމަވެފައެވެ.

އީއެސްޕީއެން އިން ބުނެފައިވަނީ، އެމްބާޕޭ ގެ ހަމައެކަނި އެދުމަކީ ރެއާލް މެޑްރިޑަށް ބަދަލުވުމެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި އަލް ހިލާލް އިން ހުށަހެޅި ކޮންޓްރެކްޓްގެ މުއްދަތަކީ އެންމެ އަހަރެކެވެ.

މިކަމުގެ ސަބަބުން އެމްބާޕޭއަށް ފުރަތަމަ ރާވާފައިވާ ގޮތަށް 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރެއާލް މެޑްރިޑާ ގުޅުމުގެ އުންމީދު ފުރިހަމަ ކުރެވޭނެ އެވެ. އަދި ޝައުގުވެރިވާ ކަމަކީ މި ޕޮޓެންޝަލް ޑީލްގެ ސަބަބުން ފްރާންސްގެ ކުޅުންތެރިޔާއަށް 700 މިލިއަން ޔޫރޯ (776 މިލިއަން ޑޮލަރު) ގެ މުޅިން ވެސް ސިއްސުވާލާފަދަ މުސާރަ ޕެކޭޖެއް ލިބޭނެ އެވެ.

ޓެގްސް: ފުޓުބޯޅަ ޔޫރަޕް ފްރާންސް ޕީއެސްޖީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.