ޔުވެންޓަސް އިންވަނީ މިދިޔަ ސީޒަނުގައި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައި

ކުޅިވަރު

ފުޓުބޯޅަ : ޤަވާޢިދާއި ޚިލާފުވުމުން ޔުވެންޓަސް ޔޫރޮޕާ ލީގުން ބޭރުކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 29 ޖުލައި 2023 , ހޮނިހިރު 11:30   114

ޔުވެންޓަސް މި ސީޒަނުގެ ޔޫރޮޕާ ކޮންފަރެންސް ލީގުން ޔޫއެފާއިން ވަކިކޮށްފިއެވެ.

ޔުވެންޓަސް ޖޫރިމަނާކޮށްފައި ވަނީ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގެ ގަވާއިދާ ހިލާފުވުމުންނެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީން ވަނީ "މާލީ މައުލޫމާތު ފުރިހަމަ ނުވާތީ" އެފްއެފްޕީގެ ގަވާއިދާ ހިލާފުވުމުން ޗެލްސީ ވެސް ޖޫރިމަނާކޮށްފަ އެވެ.

ޔޫއެފާއިން ބުނާ ގޮތުގައި މި މައްސަލަ ގުޅިފައިވަނީ 2012 އާއި 2019 އާ ދެމެދު ހިނގި މުއާމަލާތްތަކާ އެވެ.

ޔުވެންޓަސް 17.14 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފައިވާއިރު، ޗެލްސީން ވަނީ 8.57 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފައެވެ.

އިޓަލީ ކްލަބުން ޖޫރިމަނާގެ ދެބައިކުޅަ އެއްބައި ދައްކަން ޖެހޭނީ ކުރިއަށް އޮތް ތިން އަހަރުގެ މާލީ ރެކޯޑް ގަވާއިދުތަކަށް ތަބާވާނަމަ ކަމަށާއި، ޗެލްސީން މިހާރު ވަނީ ސެޓްލްމަންޓް އަދަދު ދައްކަން އެއްބަސްވެފަ އެވެ.

އާ ވެރިޔާ ޓޮޑް ބޮއެލީ 2022 ވަނަ އަހަރުގެ މެއި މަހު ކްލަބުގެ ކޯޗުކަމާ ހަވާލުވި ފަހުން ބްލޫސް އިން ގާތްގަނޑަކަށް 600 މިލިއަން ޕައުންޑް ހަރަދުކޮށްފައިވީ ނަމަވެސް އެ ކްލަބުގެ ޖޫރިމަނާ ގުޅިފައި ވަނީ ރޯމަން އަބްރަމޮވިޗް އަށް ކްލަބުގެ ކޮންޓްރޯލް އޮތް އިރު ހަތް އަހަރުގެ މުއްދަތަކަށެވެ.

ޔޫއެފާއިން ބުނީ "2022 ވަނަ އަހަރުގެ މެއި މަހު ކްލަބު ވިއްކުމާ ގުޅިގެން އާ މިލްކުވެރިކަމުން ކްލަބުގެ ކުރީގެ މިލްކުވެރިކަމުގެ ދަށުން މާލީ ރިޕޯޓްތައް ފުރިހަމަ ނުކުރެވިދާނެ ހާލަތްތައް ދެނެގަނެ، ޕްރޮއެކްޓިވްކޮށް ޔޫއެފާއަށް ރިޕޯޓްކުރި" ކަމަށެވެ.

ޖަވާބުގައި ޗެލްސީން ބުނީ އެމީހުންގެ ތަހުގީގުތަކުގައި "ޔޫއެފާއަށް ފުރިހަމައަށް އެއްބާރުލުންދީ އެހީތެރިވެދީފައިވާ" ކަމަށާއި ގަވަނިން ބޮޑީއާ އެކު "ސެޓްލްމަންޓް އެގްރީމަންޓެއް ހަދާފައިވާ" ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.