އަންޑްރޭ އިނިއެސްތާ

ކުޅިވަރު

ސްޕޭންގެ މިޑްފީލްޑަރ އިނިއެސްތާ ޔޫއޭއީ ކްލަބަކަށް

އަލީ އަޒްޔަން - މެދުއިރުމަތި | 9 އޯގަސްޓު 2023 , ބުދަ 11:43   401

އަންދްރޭސް އިނިއެސްޓާ, ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޕްރޯ ލީގުގެ އެމިރޭޓްސް ކްލަބާ ގުޅުނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އުމުރުން 39 އަހަރުގެ ސްޕެއިން އަދި ބާސެލޯނާގެ ލެޖެންޑް އޭނާގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވަނީ ހޯމަ ދުވަހު ދުބާއީއަށް ދަތުރުކޮށްފައެވެ.

މި ކޮންޓްރެކްޓާއިއެކު ވެޓެރަން މިޑްފީލްޑަރަށް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެޤައުމުގައި މަޑުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިދިޔަ ފަސް ސީޒަން ޖަޕާނުގައި ވިސެލް ކޯބޭ އަށް ކުޅެމުން އައި އިނިއެސްޓާ އެމިރޭޓްސް ކްލަބާ ގުޅެނީ ފްރީ އޭޖެންޓެއްގެ ގޮތުގަ އެވެ.

އިނިއެސްޓާ ވަނީ ބާސެލޯނާއާއެކު ލަލީގާގެ ނުވަ ތަށި އަދި ޗެމްޕިއަންސް ލީގުގެ ހަތަރު ތަށި ހޯދައިފަ އެވެ. ސްޕެއިންއާއެކު އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ބެކް ޓު ބެކް ޔޫރޯ ޗެމްޕިއަންކަން ހޯދާފައެވެ.

ޓެގްސް: ސްޕެއިން ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.