އިނގިރޭސިވިލާތުގެ ރެކޯޑް ޓްރާންސްފާ ފީއެއްގެ ގޮތުގައި 115 މިލިއަން ޕައުންޑް (146 މިލިއަން ޑޮލަރު) ޗެލްސީއަށް ބަދަލުވުން މޮއިސް ކައިސެޑޯ ނިންމާލާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިއީ ޢުމުރުން އެންމެ 21 އަހަރުގެ، އެކުއެޑޯރ އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ލިބޭނީ 100 މިލިއަން ޕައުންޑެވެ. އިތުރު 15 މިލިއަން ޕައުންޑު ލިބޭނީ ރަނގަޅު މޮޅު ކުޅުމެއް ދެއްކުމުންނެވެ.