ފަރަންސޭސި ކުޅުންތެރިޔާ، ޔުވެންޓަސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ

ކުޅިވަރު

ޔޫވޭގެ މިޑްފީލްޑަރ ޕޮގްބާ ސަސްޕެންޑްކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 12 ސެޕްޓެންބަރ 2023 , އަންގާރަ 12:37   373

ޔުވެންޓަސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އެންޓި ޑޯޕިން [މަނާ ބޭސްތަކެއް ބޭނުންކުރުމުގެ] ކުށެއްގައި ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށް އިޓަލީގެ ގައުމީ އެންޓި ޑޯޕިން ޓްރައިބިއުނަލުން ބުނެފި އެވެ.

އޮގަސްޓް 20 ވަނަ ދުވަހު އުޑިނޭސީގައި ޔުވެންޓަސް މޮޅުވުމަށްފަހު ކުރި ޓެސްޓުގައި އެތުލީޓުންގެ ކެތްތެރިކަން އިތުރުކޮށްދޭ ހޯރމޯންއެއް ކަމަށްވާ ޓެސްޓޮސްޓިރޯންގެ މިންވަރު މަތިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންޓި ޑޯޕިން އެޖެންސީ ނާޑޯ އިޓަލީ އިން ބުނީ ޕޮގްބާ ވަގުތީ ގޮތުން ސަސްޕެންޑް ކުރީ ވަގުތީ ގޮތުންނަމަވެސް، ހަތަރު އަހަރަށް ސަސްޕެންޑް ކުރުމުގެ ނުރައްކާ އެބައޮތެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮގްބާގެ ޓެސްޓު ފެއިލްވިކަން ގަބޫލުކޮށް، ދެން އަޅަންޖެހޭ ފިޔަވަޅުތަކަށް ވިސްނަމުންދާ ކަމަށް ބުނެފައިވެ އެވެ.

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ އަހަރު ވޯލްޑް ކަޕްގައި އޭނާ އަށް ނުކުޅެވުނު އިރު، މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅުނު ސެރީއާ މެޗުގައި އޭނާ ކުޅުނީ އެންމެ ހަ މެޗުގަ އެވެ.

މި ސީޒަނުގައި ޕޮގްބާ ދެ މެޗެއް ކުޅެފައިވާއިރު އެންމެ ފަހުން ކުޅުނީ އެމްޕޮލީ އަތުން 2-0 އިން މޮޅުވި މެޗުގަ އެވެ.

ފްރާންސްގައި ޕޮގްބާގެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ތަހުގީގެއް ވެސް ކުރިއަށްދާއިރު، އޭގެ ތެރޭގައި އޭނާގެ ދޮށީ ކޮއްކޮ މަތީއަސް ވެސް ވަނީ ގޯހެއް ހެދި ކަމަށް އިންކާރުކޮށްފައެވެ.

ޓެގްސް: ޔުވެންޓަސް ފުޓުބޯޅަ އިޓަލީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.