އޮކްޓޯބަރުގައި ކުޅޭ މިމެޗުގައި ޢާއްމުކޮށްފެންނަ ސްޕޮޓިފައި ލޯގޯ ނުފެންނާނެކަމަށް ޚަބަރުތައް ބުނޭ

ކުޅިވަރު

ބާސެލޯނާ، ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނަ މެޗުގައި ޚާއްޞަ ޖޯޒީއެއް ފެނިގެންދާނެ

އަލީ އަޒްޔަން - ދުނިޔެ | 14 ސެޕްޓެންބަރ 2023 , ބުރާސްފަތި 11:30   356

ބާސެލޯނާއިން އަނެއްކާވެސް ސްޕޮޓިފައިއާ އެކު ސްޕޮންސަރޝިޕް ކެމްޕޭނެއް ހިންގަން ނިންމައިފިއެވެ.

ޢާއްމުކޮށް ބާސެލޯނާ ޓީމުގެ ޖޯޒީގެ ކުރިމަތީގައި ހުންނަ ސްޕޮޓިފައި ލޯގޯ އަކީ މިއުޒިކް ސްޓްރީމްކުރާ ކުންފުންޏެއްގެ ލޯގޯއެވެ.

ސްޕޮޓިފައި އިން މިފަހަރު ބޭނުންވަނި އެ ކުންފުނީގެ ލޯގޯގެ ބަދަލުގައި މިއުޒިކް ތާރީހުގައި އެންމެ މަޝްހޫރު އެއް މިއުޒީޝަންގެ ލޯގޯ ޖެހުމަށެވެ.

މިފަހަރު ސްޕޮޓިފައި އިން ބޭނުންވަނީ ބާސެލޯނާގެ ޖާޒީގެ ކުރިމަތީ ފަރާތުގައި ކްލާސިކް ރޯލިން ސްޓޯންސް ލޯގޯ ޖެހުމަށް ކަމަށާއި އެއީ މީގެ ކުރިން އެލް ކްލެސިކޯގައި ޑްރޭކްގެ އައުލް ލޯގޯ ފެނުމާއި އޭގެ ފަހުން ރޮޒާލިއާގެ މޮޓޯމާމީ އަލްބަމް ޕްރޮމޯޓް ކުރަން ނިންމުމާ ގުޅިގެންނެވެ.

ރޯލިން ސްޓޯންސްގެ އާ އަލްބަމް ހެކްނީސް ޑައިމަންޑްސް، އެލް ކްލާސިކޯގެ އެއް ހަފްތާ ކުރިން އޮކްޓޯބަރު 20 ގައި ގްލޯބަލް ރިލީޒް ކުރަން ނިންމާފައިވާއިރު، ކެޓަލޯނިއާގެ ޖަޔަންޓްސް [ބާސެލޯނާ] އާއި ސްޕޮޓިފައި އިން ބޭނުންވަނީ މިކަމުގެ ފައިދާ އެންމެ ރަނގަޅަށް ނެގުމަށް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޓެގްސް: ބާސެލޯނާ ސޯޝަލްމީޑިއާ މިއުޒިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.