ޮފަރަންސޭސީ ކުޅުންތެރިޔާ ކަރީމް ބެންޒެމާ އަދި ބްރެޒިލްގެ ނޭމާ

ކުޅިވަރު

މިރޭ ނޭމާ އާއި ބެންޒެމާ އޭއެފްސީކަޕުގައި ކުޅެން ނިކުންނަނީ

އަލީ އަޒްޔަން - އޭޝިއާ | 18 ސެޕްޓެންބަރ 2023 , ހޯމަ 14:46   473

ފަރަންސޭސީ ކުޅުންތެރިޔާ ކަރީމް ބެންޒެމާ އަދި ބްރެޒިލްގެ ނޭމާ މިފަހަރުގެ އޭޝިއަން ފުޓްބޯލް ކަޕް (އޭއެފްސީ) ގައި ކުޅޭނެއެވެ.

ނޭމާ ކުޅޭ ސައުދީ ޓީމް އަލް ހިލާލްގެ ފުރަތަމަ މެޗް އޮންނާނީ އަންނަ ހޯމަދުވަހުގެ ރޭ ރާއްޖެ ގަޑިން 11 ޖަހާއިރު ސައުދިޢަރަބިއާގެ ރިޔާޒުގައެވެ. މިމެޗުގައި އަލް ހިލާލް އިން ބައްދަލުކުރާނީ އުޒްބެކިސްތާނުގެ ނަމަންގަން އާއިއެވެ.

މަލްކޮމް، ސާޖެޖް-މިލިންކޯވިޗް-ސާވިޗް، ނޭމާ، ކަލިޑޫ ކުލިބާލީ، ޔާސީން ބަނޫ، ރޫބެން ނެވޭސް، އަދި އެލެކްސަންދަ މިޓްރޮވިޗް ގެނައިފަހުން، އަލް ހިލާލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި އަލް ހިލާލް އަކީ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ފޭވަރިޓުން ކަމަށް ވެސް ބެލެވެއެވެ.

ބެންޒެމާގެ އަލް އިއްތިހާދު ޓީމު ކުޅޭނީ ސައުދީ އަރަބިއާގެ ޖިއްދާގައި ހޯމަދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރުއެވެ. މިމެޗުގައި އަލް އިއްތިހާދު އިން ވެސް ބައްދަލުކުރާނީ އުޒްބެކިސްތާނުގެ ޓީމެއްކަމަށްވާ އެފްސީ-އޭޖީއެމްކޭ އާއިއެވެ. މިމެޗުން އަލް އިއްތިހާދު ފަސޭހަ މޮޅެއް ހޯދާނެކަމަށް ބެލެވެއެވެ.

ޓެގްސް: އޭއެފްސީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.