ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަންގެ ބަޔާން މިއުނިކް އަދި އަދި އިނގިރޭސި ޓީމު މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާނެ

ކުޅިވަރު

ޗެމްޕިއަންސް ލީގު - ބަޔާން އަދި ޔުނައިޓެޑް މެޗު މިރޭ ދަންވަރު 12 ޖަހާއިރު

އަލީ އަޒްޔަން - ޔޫރަޕް | 20 ސެޕްޓެންބަރ 2023 , ބުދަ 15:17   700

ޔޫއެފާ ޗެމްޕިއަންސް ލީގު، ގްރޫޕް އޭ ގެ ފުރަތަމަ މެޗުގައި، މިރޭ ޖަރުމަންގެ ބަޔާން މިއުނިކް އަދި އަދި އިނގިރޭސި ޓީމު މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާނެއެވެ.

މިމެޗު ކުޅޭނީ ޖަރުމަންގެ އެލާއެންޒް އެރީނާ ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

ބަޔާން މިއުނިކަކީ މުޅި ޖަރުމަން ފުޓުބޯޅަ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކްލަބެވެ. ޗެމްޕިއަންސް ލީގު ހަ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާއިރު، އެންމެ ފަހުން ތަށި ގެންގޮސްފައިވަނި 2020 ވަނަ އަހަރުއެވެ.

މެންޗެސްޓާރ ޔުނައިޓެޑް އަކީ އިނގިރޭސި ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބެވެ.އެޓީމުން މި މުބާރާތް 3 ފަހަރެއްގެ ކާމިޔާބުކޮށްފައިވާއިރު، އެންމެ ފަހުން ތަށި ގެންގޮސްފައިވަނީ 2008 ވަނަ އަހަރުއެވެ.

މިއީ މި ދެ ޓީމުވެސް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ. ޖުމްލަ 11 ފަހަރެއްގެ މަތިން މި ޓީމް ބައްދަލުކޮށްފައިވާއިރު، ބަޔާނުން 4 މެޗުން މޮޅުވެ، 5 މެޗުން ވީ އެއްވަރެވެ. އެހެންކަމުން މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބު ކުރެވުނީ އެއްމެ ދެ މެޗެވެ.

މި ގްރޫޕްގައި ދެން އޮތް ދެ ޓީމަކީ ޑެންމާކުގެ ކޯޕެންހޭގަން އާއި ތުރުކީގެ ގަލަޓަސަރައި އެވެ.

ޓެގްސް: ފުޓުބޯޅަ ޔޫއެފާ ޗެމްޕިއަންސް ލީގް މެންޗެސްޓަރ ޔުނައިޓެޑް ބަޔާން މިއުނިކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.