މިދިޔަ އަހަރު، 2022 ވަނަ އަހަރުގe ވޯލްޑް ކަޕް ކާމިޔާބުކުރި އާޖަންޓީނާ އިން އުފާ ފާޅުކުރަނީ

ކުޅިވަރު

ވޯލްޑް ކަޕް 2030 ބޭއްވިގެންދާނީ މުޅިން ތަފާތު އާ ގޮތަކަށް

ރާނިއާ - ދުނިޔެ | 6 އޮކްޓޯބަރ 2023 , ހުކުރު 16:26   499

ވޯލްޑް ކަޕް 2030 ތަފާތުކޮށްލުމުގެ ގޮތުން ކުޅެވިގެން ދާނީ ދުނިޔޭގެ 3 ކޮންޓިނެންޓުގެ 6 ގައުމެއްގައި ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އުރުގުއޭއިން 2030 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ފަހުން އާޖެންޓީނާ އާއި ޕެރަގުއޭގައި މެޗުތައް ކުޅެވޭނެއެވެ.

އުރުގުއޭގެ ވެރިރަށް މޮންޓެވީޑިއޯގައި 1930 ވަނަ އަހަރުގެ މުބާރާތް ބާއްވާފައިވާއިރު، ފުރަތަމަ މުބާރާތް ލާ ސެލެސްޓް ކާމިޔާބުކުރިއެވެ. އަދި މީގެ އިތުރުން ރަނަރަޕް ޓީމް، އާޖެންޓީނާއާއި ޕެރަގުއޭ އަކީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން ކޮންމެބޮލްގެ ސަގާފީ ގެކޮޅުވެސް މެއެވެ.

ދެކުނު އެމެެރިކާގެ މުބާރާތްތަކަށް ފަހު ބާކީ ތިބި މުބާރާތްތައް ބޭއްވިގެން ދާނީ ޔޫރަޕް އަދި އުތުރު އެފްރިކާގެ ގައުމުތަށް ކަމަށްވާ، ސްޕޭއިން، ޕޯޗުގަލް އަދި މޮރޮކޯގައެވެ.

ފީފާ ކައުންސިލުން ބުދަ ދުވަހު އީއެފްއޭ، އޭއެފްސީ އަދި ކޮންމެބޮލްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ފާސްކޮށްފައިވާއިރު، އަންނަ އަހަރު ފީފާގެ ކޮންގްރެސްގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ދެވިގެންދާނެ ގައުމުތަށް ރަސްމީކޮށް ފާސްކުރެވިގެންދާނެއެވެ.

"ބަބައިވެފައިވާ ދުނިޔެއެއްގައި ފީފާ އާއި ފުޓްބޯޅަ އަކީ މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ އެއްޗެއް،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވި އެވެ.

"ފީފާއަށް ސަތޭކަ އަހަރު ފުރުމުން ފާހަގަކުރުމަށް މި ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗު ހަމަގައިމުވެސް ކުޅޭނީ މި ހުރިހާ ކަމެއް ފެށުނު ދަނޑުގައި، މޮންޓެވީޑިއޯގެ 'މިތިކަލް' އެސްޓާޑިއޯ ސެންޓެނާރިއޯގައި،" ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ ކަށަވަރު ކުރިއެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މި ހަ ގައުމު ވެސް އޮޓޮމެޓިކުން ކޮލިފައިވާނެ ކަމަށް ބެލެވޭއިރު، ކޮންމެ ގައުމަކުން ވެސް ފުރަތަމަ މެޗުތައް ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ.

ޓެގްސް: ފީފާ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.