ބަރމިންހަމް ސިޓީގެ އާ މެނޭޖަރު ވޭން ރޫނީ

ކުޅިވަރު

ރޫނީ ބަރމިންހަމް ސިޓީގެ މެނޭޖަރުކަމާއި ޙަވާލުވެއްޖެ

ހުސެން ހަމްދާން - ޔޫރަޕް | 11 އޮކްޓޯބަރ 2023 , ބުދަ 17:22   569

މެންޗެސްޓަރ ޔުނައިޓެޑް ge ކުރީގެ މަޝްހޫރު ފުޓުބޯޅަތަރި، ވޭން ރޫނީ އިނގިރޭސި ޗެމްޕިއަންޝިޕްގެ ބަރމިންހަމް ސިޓީގެ މެނޭޖަރު ނުވަތަ ކޯޗުކަމުގެ މަގާމާއި ޙަވާލުވެއްޖެއެވެ.

ރޫނީ މި މަޤާމާއި ޙަވާލުވެފައިވަނީ 3 އަހަރާއި 6 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ކްލަބުން ބުނެފައިވެއެވެ.

ރޫނީގެ ކޯޗިން ސްޓާފުންގެ ގޮތުގައި އޭނާއާއި އެކު އިނގިރޭސިވިލާތުގައި ކުޅުނު އޭޝްލީ ކޯލް އާއި މެންޗެސްޓާ ޔުނައިޓެޑުގައި ކުޅުނު ޖޯން އޯޝީ ވެސް ބާމިންހަމް ސިޓީއާއި ގުޅޭނެކަމަށް ޚަބަރުތައް ބުނެއެވެ.

މި ކްލަބްގެ ކުރީގެ ކޯޗުގެ ބަދަލުގައި ރޫނީ ކޯޗުކަމާއި ހަވާލުވާއިރު، ބަރމިންހަމް ސިޓީ ޗެމްޕިއަންޝިޕްގެ ފުރަތަމަ 11 މެޗުން ފަސް މޮޅު ހޯދައިގެން ޗެމްޕިއަންޝިޕްގެ ހަ ވަނައިގައެވެ.

މީގެ ކުރިން ރޫނީ ވަނީ ޗެމްޕިއަންޝިޕްގައި ކޯޗުކަން ކޮއްދީފައެވެ. ރޫނީ ފުރަތަމަ ކޯޗުކަން ކޮއްދީފައިވަނީ ޖެނުއަރީ 2021 އިން ޖޫން 2022 އާއި ދެމެދު ޑާބީ ކައުންޓީގައެވެ.

ރޫނީ އެންމެ ފަހުން ކޯޗުކޮށްދިން ޑީސީ ޔުނައިޓެޑް ދޫކޮށްލީ މި ހުކުރު ދުވަހު ޖެހިޖެހިގެން ދެ ސީޒަނުންވެސް މޭޖަރ ލީގު ސޮކާ ޕްލޭއޮފް އަށް ކޮލިފައިނުވެގެނެވެ. ޑީސީ ޔުނައިޓެޑުން އޭނާ ވަކިވާނެކަން އިއުލާންކުރީ ސީޒަނުގެ އެންމެ ފަހު މެޗުގައި 2-0 އިން ބަލިވުމަށްފަހުއެވެ.

ރޫނީ އަކީ 253 ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ގިން ގޯލް ޖެހި ކުޅުންތެރިޔާ އަދި އިނގިރޭސިވިލާތުގެ ރެކޯޑް ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ގެއްލުނީ، މި އަހަރުގެ ކުރީކޮޅު ހެރީ ކޭންއަށެވެ.

"އަހަރެންގެ މެނޭޖަރިއަލް ކެރިއަރު ބިނާކުރަމުން އަންނަނީ މިމާހައުލު ތެރެއަށްވަދެ ގޮންޖެހުންތަކާއިއެކު، މި ފުރުސަތަށް އަހަރެން ތައްޔާރު ކުރުމަށްޓަކައި،" ރޫނީ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.