ބްރެޒިލްގެ ތަރި ނެމާ ގޯލް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ކުޅިވަރު

ނޭމާއާ ދިމާލަށް ޕޮޕްކޯން ކޮތަޅެށް އެއްލުމުން ބްރެޒިލްގެ ކޯޗް ސަޕޯޓަރުން ކުށްވެރިކޮށްފި

ހުސެން ހަމްދާން - ޔޫރަޕް | 13 އޮކްޓޯބަރ 2023 , ހުކުރު 21:01   648

ނޭމާއާ ދިމާލަށް ޕޮޕްކޯން ކޮތަޅެށް އެއްލުމުން ބްރެޒިލްގެ ކޯޗް ސަޕޯޓަރުން ކުށްވެރިކޮށްފިއެވެ.

ވެނެޒުއެލާއާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅެ 1-1 އިން އެއްވަރުވުމުން، ދަނޑުން ނުކުންނަށް ދަނިކޮށް އެއްލި މި ޕޮޕްކޯން ކޮތަޅަކުން ނޭމާގެ ބޮލުގައި ޖެހިފައިވެއެވެ. ސަޕޯޓަރުންގެ މިޢަމަލަކީ "އިހުތިރާމް ކުޑަ" ކަމެއްކަމަށް ބްރެޒިލްގެ ކޯޗު ފަރްނާންޑޯ ޑިނިޒް ބުނެފައިވެއެވެ.

މި ޕޮޕްކޯން ކޮތަޅު އެއްލާފައިވަނި ބުރާސްފަތި ދުވަހު ވޯލްޑް ކަޕް ކޮލިފައިން މެޗް ނިމި ސްޓޭޑިއަމްގެ ޓަނަލަށް ނޭމާ ދިއުމުގެ ކުރިންނެވެ. ނޭމާ ހިތްހަމަނުޖެހި ސަޕޯޓަރުންނަށް އިޝާރާތްކޮށް ހަޅޭއްލަވައިގަތުމުން ކޯޗް ހިފަހަށްޓާ މަންޒަރު ވީޑިއޯތަކުންފެނެއެވެ.

"ކުޅެން އައިސް ކުރެވެން އޮތް އެންމެ ރަނގަޅު ކަމެއް ކުރަން މަސައްކަތް ކުރި މީހުންނާ މެދު ސަޕޯޓަރުން އެކުރީ އިހުތިރާމް ކުޑަ ކަމެއް" ކަމަށް ޑިނިޒް އިންޓަވިއުގައި ބުނިއެވެ. އަދި މި މެޗުން ބްރެޒިލް މޮޅުނުވުމުން ވެސް ޑިނިޒް ހުތީ މާޔޫސްވެފައެވެ. އިތުރަށް ޑިނިޒް ބުނީ "އަހަރެމެންގެ މާކިން އެޖެސްޓްކޮށް އިދިކޮޅު ޓީމަށް ނިންމާލުމުގެ ފުރުސަތު ނުދޭންވީ. އެކަމަކު ޓީމުގެ ކުޅުން ގޯހެއް ނޫން. ކުޅުންތެރިންނަށް އިހުސާސް ކުރެވެނީ ދަނޑުގެ ހޫނުކަމާއި ދަތިކަން."

ބުރާސްފަތި ދުވަހު ޕެރަގުއޭ އަތުން 1-0 އިން އާޖެންޓީނާ މޮޅުވެ، ތިން މެޗުން ބްރެޒިލްއާ ދެމެދު ދެ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

ބްރެޒިލް ކޮލިފައިންގައި ކުޅޭ އިތުރު މެޗު ކުޅޭނީ އަންގާރަ ދުވަހު އުރުގުއޭއާ ދެކޮޅަށެވެ.

ޓެގްސް: ފުޓުބޯޅަ ބްރެޒިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.