އިނގިރޭސި ފުޓުބޯޅަ ތަރި ހެރީ މަގުއާ

ކުޅިވަރު

ވެސްޓްހަމް އިން މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މަގުއާ ހޯދުމަށް އާ ބިޑެއް ހުށައަޅާނީ

ހުސެން ހަމްދާން - ޔޫރަޕް | 13 އޮކްޓޯބަރ 2023 , ހުކުރު 21:31   589

ވެސްޓްހަމް އިން ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ ހޯދުމަށް އާ ބިޑެއް ހުށައަޅަން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.

ވެސްޓްހަމް އިން މިދިޔަ ޖޫން މަހު ޔުނައިޓެޑާއެކު ސިލްސިލާ މަޝްވަރާތަކެއް ކުރި ނަމަވެސް، އެންމެ ފަހުން މަގުއާ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހެގްގެ އިރުޝާދުގެ ދަށުން ކެރިއަރު އަލުން ކޮޅަށް ޖެހުމަށް މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކޮށްފައެވެ.

މި ސީޒަނުގައި ކްލަބުގެ 11 މެޗުގެ ތެރެއިން އެންމެ ދެ މެޗު ފެށުމަށް ފަހު އޭނާ އިތުރަށް ބުނީ މުޅި އުމުރު މިތަނުގައި އިށީނދެ މަހަކު އެއްފަހަރު ކުޅެން ނުދާނެ ކަމަށާއި އަދި އެކަން އޮގޮތަށް ތަކުރާރުވަމުން ދާނަމަ އަހަރެންނަށް ޔަގީން އަހަރެންނާއި ކްލަބުން އެއްމެޒެއްގައި އިށީދެ ރަނގަޅުގޮތެއް ނިންމާނެކަމެވެ.

ފަހުގެ ހަބަރުތަކުން ބުނަނީ ޖެނުއަރީ މަހު އެއްބަސްވުން އަލުން އާލާވެދާނެ ކަމަށް ވެސްޓްހަމް އަށް ޔަގީންކަން ލިބިފައިވާ ކަމަށާއި ހާއްސަކޮށް ޔުނައިޓެޑުން އޭނާ ދޫކޮއްލުމުގައި ހުރަހެއް ނާޅާނެ ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.