ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ކޮލިފައިން މެޗުގައި

ކުޅިވަރު

ފްރާންސް، ޕޯޗުގަލް، އަދި ބެލްޖިއަމް ޔޫރޯ 2024 އަށް ކޮލިފައިވެއްޖެ

ހުސެން ހަމްދާން - ޔޫރަޕް | 14 އޮކްޓޯބަރ 2023 , ހޮނިހިރު 13:02   652

ފްރާންސް، ޕޯޗުގަލް، އަދި ބެލްޖިއަމް އިން ޔޫރޯ 2024 އަށް ކޮލިފައިވިކަން ކަށަވަރުކޮށްފިއެެވެ.

މިތިން ޓީމުން ވެސް ކޮލިފައިން މެޗުތަކުގައި ރޭ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައި، މުބާރާތުން ކޮލިފައިވުމަށް އެންމެ މޮޅެއް ބޭނުންވިއިރު، އެ ޓީމުގެ ނަންވިދާތަރިން ވަނީ ގޯލް ޖަހައި އެ ޓީމުތައް މޮޅުކޮށްދީފައެވެ.

ނެދަލެންޑްސް އަތުން 2-1 އިން މޮޅުވި މެޗުގައި މުހިއްމު ދެ ގޯލު ކާމިޔާބުކޮށްދިނީ ފްރާންސްގެ ކިލިއަން އެމްބާޕޭއެވެ. އޭނާގެ ފުރަތަމަ ގޯލު ޖެހީ މެޗުފެށިގެން ހަތްވަނަ މިނެޓުގައެވެ. އޭގެ ފަހުން 53 ވަނަ މިނެޓުގައި ދެވަނަ ގޯލްޖަހައި، ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް ބީގެ އެއްވަނާގައި އޮތީ ފްރާންސްއެވެ.

ފްރާންސްގެ ކިލިއަން އެމްބާޕޭ

ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ކޮލިފައިން މެޗުގައި ރޭ މޮޅު ކުޅުމެއް ކުޅެ، އޭނާ ވަނީ ސްލޮވާކިއާ އަތުން 3-2 އިން މޮޅުވި މެޗުގައި ދެ ލަނޑު ޖަހައި ބައިނަލްއަގުވާމީ ގޯލްތަކުގެ އަދަދު 125 އަށް ޖައްސައިލާފައެވެ. އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 29 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ދެވަނަ ގޯލް ކާމިޔާބުކޮށް ދިނީ މެޗްގެ 72 ވަނަ މިނިޓުގައި ބްރޫނޯ ފަރްނާންޑޭސް ދިން ޕާހަކުންނެވެ. ކޮލިފައިންގައި ޕޯޗުގަލްވެސް އެއްވެސް މެޗަކުން ބަލިނުވެ، ސީދާ ހަތް މެޗުން މޮޅުވެ، ފާހަގަކޮށްލެވޭ ގޯލުގެ ތަފާތު 27-2 އިން ހޯދައި އޮތީ އެ ގްރޫޕްގެ އެއްވްނާގައެވެ.

ބެލްޖިއަމް ވެސް ޔޫރޯ 2024 އަށް ދަތުރުކުރީ ރޭ އޮސްޓްރިއާ އަތުން 3-2 އިން މޮޅުވެގެންނެވެ. ރޮމެލޫ ލުކާކޫ ވަނީ ގޯލް ޖެހުމުގެ ފޯމް ކުރިއަށްވުރެއް ރަނގަޅުކޮށް އެއްގޯލް ޖަހާޑީފައެވެ. އިތުރު ގޯލު ބެލްޖިއަމް ޖަހާދިނީ ޑޯޑީ ލުކެބަކިއޯއެވެ. މެޗުގެ ފަހުކޮޅު 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް، ބެލްޖިއަމް އިން ވަނީ މޮޅަށްކުޅެ މޮޅުވެ، މުބާރާތުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ޓެގްސް: ޕޯޗުގަލް ފްރާންސް ބެލްޖިއަމް ފުޓުބޯޅަ ޔޫރޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.