ޗެލްސީގެ މިޑްފީލްޑަރު ކޯލް ޕާމަރ/ ޕްރެމިއާރ ލީގް

ކުޅިވަރު

އާސެނަލް އާއިދެކޮޅަށް ނިކުންއިރު ޗެލްސީގެ މުހިއްމު ކުޅުންތެރިއަކު އަނިޔާގައި

ހުސެން ހަމްދާން - ޔޫރަޕް | 18 އޮކްޓޯބަރ 2023 , ބުދަ 10:54   599

މި ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޗެލްސީގެ މުހިއްމު ކުޅުންތެރިއެއް ކަމުގައިވާ، މިޑްފީލްޑަރު ކޯލް ޕާމަރއަށް އަނިޔާވެފައިވާކަމަށް އެ ޓީމުން ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ކޯލް ޕާމާ މިދިޔަ ހޫނު މޫސުމުގައި މެންޗެސްޓާ ސިޓީން ޗެލްސީއާ ގުޅުނުއިރު، އޭނާ ވަނީ މިހާރު ވެސް ތިން ގޯލް ޗެލްސީއަށް ޖަހާދީފައެވެ.

އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗްގައި ރަނގަޅު ކުޅުމެއް ދައްކާލަން ފުރުސަތު އޭނާއަށް ލިބިފައިވީ ނަމަވެސް އޭނާ ފިޓްވާނެ ކަމެއް ސާފެއް ނުވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިނގިރޭސިވިލާތުގެ 21 އަހަރުން ދަށުގެ ކޯޗު ލީ ކާސްލީ ވަނީ ޕާމަރ ކުރިން ޗެލްސީއަށް އެނބުރި އައިސްފައިވާކަން ހާމަކޮށްފައެވެ. ދާދި ފަހުން ސާބިއާ އަތުން 9-0 އިން މޮޅުވި މެޗުގައި މިޑްފީލްޑަރުގެ ފަޔަށް އަނިޔާ ވެފައިވާއިރު އަންނަ އޭނާއާއެކު ރިސްކެއް ނަގަން ކާސްލީ ބޭނުމެއް ނުވި އެވެ.

ނަތީޖާއެއްގެ ގޮތުން ޝެޑިއުލްގެ ކުރިން އޭނާ އަނބުރާ ޗެލްސީއަށް ފޮނުވާލި ނަމަވެސް ޕާމަރ އަށް އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗް ކުޅެވޭނެކަން އަދި ޔަގީންއެއް ނޫނެވެ.

ޗެލްސީން ހޮނިހިރު ދުވަހު ސްޓެމްފޯޑް ބްރިޖްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަނީ ގަދަ ހަތަރެއްގެ ފަރަގު މޮޅަކާއެކު ނިންމާލުމުގެ ފުރުސަތާ އެކީގައެވެ.

ޓެގްސް: ޗެލްސީ އާސެނަލް އިނގިރޭސި ޕްރެމިއަރ ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.