ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ

ކުޅިވަރު

ތިއާގޯ ސިލްވާ, ޗެލްސީގެ މުސްތަގުބަލާ ބެހޭ ގޮތުން ގޮތެއް ނިންމަނީ

ހުސެން ހަމްދާން - ޔޫރަޕް | 18 އޮކްޓޯބަރ 2023 , ބުދަ 18:56   582

ބްރެޒިލް އަށް ނިސްބަތްވާ، ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ކުޅުމުގެ ކެރިއަރު ނިމުމުގެ ކުރިން ބްރެޒިލްގެ ފްލޫމިނޭންސަށް އެނބުރި އައުމަށް ދެކޮޅު ހަދައިފިއެވެ.

އުމުރުން 39 އަހަރުގެ ތިއާގޯ ސިލްވާ ވަނީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުން ފެށިގެން ޗެލްސީއާ ކޮންޓްރެކްޓް ހަދާފައެވެ. މިހާރުގެ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާއިރު، އަންނަ އަހަރު އޭނާގެ ވަޒަނަށް އެނބުރި ދިއުމަށް އޭނާ ވަނީ ދެކޮޅު ހަދާފައެވެ.

ނޫސްވެރިންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ "މިއީ ޒަމާނުއްސުރެ(ޗެލްސީއާ) އޮތް ގުޅުމެއް ނޫންހެއްޔެވެ؟ އެކަމަކު މިހާރު އަހަރެން މާގިނަ ވާހަކަ ދައްކަންނެތިން. އަހަރެންގެ އާއިލާއެއް އެބައޮތް، ދަރިން އެބަހުރި. އެހެންވީމަ އެކަމާ ވެސް ވިސްނަން ޖެހޭ. އެހައް ބަލަންވީ މިސީޒަން ނިންމާލަންވީ ރީތި ކެރިއަރަކާއިއެކީ ކަމެވެ."

އުމުރުން ދުވަސްވީ ނަމަވެސް ސިލްވާ އަކީ ޗެލްސިގެ ޑިފެންސްގެ މައިގަނޑު ކުޅުންތެރިއެވެ. ބްރެޒިލްގެ ކުޅުންތެރިޔާއަށް މިދިޔަ ތިން އަހަރު ތެރޭގައި އެ ކްލަބަގެ ޑިފެންސްގައި ގޯހެއް ހެދިފައި ހުރީ ވަރަށް މަދުންނެވެ.

މިހެން ކަންތައް ކުރި ނަމަވެސް ޗެލްސީގެ މުސްތަގުބަލާ މެދު ވިސްނާލެވޭނެ ކަމަށާއި އަންނަ ހޫނު މޫސުމުގައި ޗެލްސީއާ ގުޅުން ނިންމާލައިފިނަމަވެސް އަހަރެމެން ހައިރާން ނުވާނެ ކަމަށެވެ.

ފްލޫމިނޭންސް އިން މިއަހަރުގެ ކުރީކޮޅު އޭނާ ސޮއިކުރަން ޝައުގުވެރިވިއިރު، އާ ހުށަހެޅުމެއް އަދިވެސް ހުށަހަޅާފާނެއެވެ. ތިއާގޯ ސިލްވާ ވަނީ ޗެލްސީއަށް 143 މެޗް ކުޅެދީފައެވެ.

ޓެގްސް: ޗެލްސީ ބްރެޒިލް އިނގިރޭސި ޕްރެމިއަރ ލީގް ބްރެޒިލް ޗެލްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.