ހޯސޭ މޮރީނިއޯ

ކުޅިވަރު

ހޯސޭ މޮރީނިއޯ ސައުދީ ޕްރޯ ލީގަށް 104 މިލިއަން ޕައުންޑަށް! ވެދާނެތަ؟

ހުސެން ހަމްދާން - ޔޫރަޕް | 20 އޮކްޓޯބަރ 2023 , ހުކުރު 15:31   507

ހޯސޭ މޮރީނިއޯ ސައުދީ ޕްރޯ ލީގަށް 104 މިލިއަން ޕައުންޑަށް ދާން އުޅޭކަމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ.

ޗެލްސީ އަދި މެން ޔުނައިޓެޑްގެ ކުރީގެ ކޯޗު، މިހާރު ރޯމާގެ މުސްތަގުބަލާ މެދު ބޮޑު ނިންމުމެއް ނިންމުން އޮތީ ވަރަށް ކައިރީގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހޯސޭ މޮރީނިއޯ ރޯމާ ދޫކޮށްލަން އުޅޭތީ 2024 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން 104 މިލިއަން ޕައުންޑް (127 މިލިއަން ޑޮލަރު) ގެ ކޮންޓްރެކްޓް އޮފާއެއް ގަބޫލު ކޮއްފާނެކަމަށެއެވެ.

ސްކައި ސްޕޯޓްސް އިން ބުނެފައިވަނީ 2024ގައި ހަމަވާ ކޮންޓްރެކްޓް މުއްދަތު އިތުރުކުރުމުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި އަންނަ ސީސަނުގައި ރޯމާގެ ކޯޗްކަމުން ވަކިވުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.

އިޓަލީގައި މޮރީނިއޯގެ މުސްތަގުބަލާ މެދު ނިންމަމުންދާ ގޮތާ ބެހޭ ގޮތުން ސްކައި ސްޕޯޓްސް އިން ބުނެފައި ވަނީ މަޝްވަރާތައް ކުރިއަށް ނުދާ، ދުވަހަކުވެސް ނުހިނގާ ކަމަށެވެ. ރޯމާގައި ތިން އަހަރު ހޭދަކުރުމަށްފަހު މޮރީނިއޯ ވަކިވާނެއެވެ.

މިހާރުވެސް ޗެލްސީ، ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު މެދުއިރުމަތި އޭނާގެ ދެން އޮންނަ ބަނދަރަށް ހަދާނެ ކަމަށް ލަފާކުރެވޭއިރު، އުމުރުން 60 އަހަރުގެ މޮރީނިއޯ ވަނީ ކޮންމެވެސް އިރެއްގައި މެދުއިރުމައްޗަށް ގޮސްދާނެކަމަށް ގަބޫލުކުރާ ކަމަށް އެއްބަސްވެފަ އެވެ. މޮރީނިއޯ ބުނީ، "އަހަރެންގެ ސަމާލުކަން މިވަގުތު ހުރީ ރޯމާއަށް ކަމަށާއި އަހަރެން މިތަނަށް އެންމެ ފަހު ދުވަހާއި ހަމައަށް އަހަރެންގެ ހުރިހާ ކަމެއް ދޭނެކަމަށެވެ. އަދި މުސްތަގުބަލު އެއްވެސް މީހަކަށް ނޭނގުނު ނަމަވެސް އަހަރެންނަށް ޔަގީން އަހަރެން އެއްދުވަހަކު ސައުދީ އަރަބިއްޔާގައި ކޯޗުކޮށްދޭނެކަން. ކޮން އިރަކު ކަމެއް ނޭނގެ، އެކަމަކު ފުރިހަމައަށް ޔަގީން އެއީ އަހަރެން ހަމަ ޔަގީނުންވެސް ކުރާނެ ކަމެއްކަން."

މެދުއިރުމަތީގެ ކްލަބަކުން މޮރީނިއޯއަށް 104 މިލިއަން ޕައުންޑްގެ ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ޝަރުތުތައް ބަލައިގަނެފިނަމަ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫެރު އެއް ކޯޗު ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ކަރީމް ބެންޒެމާ، ނޭމާ އަދި ސާޑިއޯ މާނޭ ފަދަ ކުޅުންތެރިންނާ ގުޅޭނެއެވެ.

ޓެގްސް: ފުޓުބޯޅަ ޗެލްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.