ނެމާ ބްރެޒިލް މެޗްގައި އަނިޔާގަ

ކުޅިވަރު

ނޭމާއަށް އަނިޔާވެއްޖެ

ހުސެން ހަމްދާން - މެދުއިރުމަތި | 21 އޮކްޓޯބަރ 2023 , ހޮނިހިރު 18:39   629

ބައިނަލްއަގްވާމީ މެޗެއް ކުޅުމުގެ ތެރެއިން ބްރެޒިލްގެ ތަރި ނޭމާއަށް އަނިޔާވިކަން، ނޭމާ ކުޅޭ ކްލަބު އަލް ހިލާލްއިން ހާމަކޮށްފިއެވެ.

ބްރެޒިލްއާއެކު އިންޓަނޭޝަނަލް ޑިއުޓީގައި ހުއްޓާ ނޭމާގެ ލިގަމެންޓް ފަޅައިގެން ގޮސްފައިވާކަން އަލް ހިލާލް އިން ވަނީ ކަށަވަރުކޮށްދީފައެވެ. ނޭމާއަށް މި ނުރައްކާތެރި އަނިޔާ ލިބުނީ އަންގާރަ ދުވަހުގެ ހަވީރު އުރުގުއޭ އަތުން 2-0 އިން ބްރެޒިލް ބަލިވި މެޗުގައެވެ.

"ނޭމާ ކުރި މެޑިކަލް ޓެސްޓްތަކުން، ކަކުލުގައި އެންޓިރިއަރ ކްރޫޝިއޭޓް ލިގަމެންޓާއި މެނިސްކަސް ޓިއާ އިންޖަރީ ހުރިކަން ކަށަވަރުވެ، ސާޖަރީއެއް ކުރިއަށް ގެންދާނެ ކަމަށާއި އޭގެ ފަހުން ކަނޑައެޅޭ ފަރުވާ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ. ރިޓަރން ސްޓްރޯންގާ،" ސޯޝަލް މީޑިއާގައި އަލް ހިލާލް އިން ލިޔެފައިވެއެވެ.

އޭސީއެލް އަނިޔާގެ ޚަބަރަކީ އެ ކުޅުންތެރިޔާއަށާއި އޭނާގެ ކްލަބަށްވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. މި ހޫނު މޫސުމުގެ ތެރޭގައި ސައުދީ ޕްރޯ ލީގަށް ގެންދިޔަ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ނޭމާއެވެ. އުމުރުން 31 އަހަރުގެ ނޭމާ އަލް ހިލާލް އަށް ފުރަތަމަ މެޗު ކުޅެން ވަގުތުކޮޅެއް ނެގީ މިދިޔަ ސީޒަނުގައި ލިބުނު އަނިޔާ އެއްކޮށް ރަނގަޅުނުވުމުންނެވެ.

އެންމެ ފަހުން މިދިޔަ މަހު ފުރަތަމަ މެޗު ކުޅެ، މިމަހުގެ ކުރީކޮޅު އެފްސީ ނަސާޖީގައި ކުޅުނު އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ހިލާލްއަށް ފުރަތަމަ ލަނޑު ޖަހައިދިނެވެ. ނޭމާ މިހާތަނަށް ފަސް މެޗުން ފެނިގެން ގޮސްފައިވާއިރު، ޖެހިފައިވަނީ އެންމެ ލަނޑެކެވެ.

ބާސެލޯނާގެ ކުރީގެ ތަރި މި ސީޒަނުގެ ބާކީ އޮތް ބައިގައި ނުކުޅެވޭނެ ކަމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ. އަދި މި ހޫނު މޫސުމުގައި ކޮޕާ އެމެރިކާ އަށް ވެސް ރަނގަޅުނުވުމުގެ ބިރުއެބައޮތެވެ.

ައަލް ހިލާލްގެ ސޯޝަލް މީޑިއާ ޕޯސްޓް
ޓެގްސް: ބްރެޒިލް ބްރެޒިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.