ގްރިޒްމަން އެތުލެޓިކޯގައި

ކުޅިވަރު

ގްރިޒްމަންގެ ހެޓްރިކުން އެތުލެޓިކޯ މޮޅުވެއްޖެ

ހުސެން ހަމްދާން - ޔޫރަޕް | 22 އޮކްޓޯބަރ 2023 , އާދީއްތަ 14:50   531

ގްރިޒްމަންގެ ހެޓްރިކުން އެތުލެޓިކޯ 10 ކުޅުންތެރިންގެ ސެލްޓާ އަތުން 3-0 އިން މޮޅުވެއްޖެއެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ކީޕަރު އިވާން ވިލާ އަށް ރަތްކާޑު ދެއްކުމުން ރޭ ލާލީގާގެ މެޗު 10 ކުޅުންތެރިންނާ އެކު ކުޅުނު ސެލްޓާ ވީގޯ އަތުން 3-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވިއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް ގޯލް ހުޅުވާލީ، އޭރިއާ ތެރޭގައި އަލްވާރޯ މޮރާޓާ އަށް ކުރި ފައުލަކާ ގުޅިގެން ކީޕަރު އިވާން ވިލާ އަށް ސީދާ ރަތް ކާޑު ދައްކައި ލިބުނު ޕެނަލްޓީ އަކިންނެވެ.

އެއަށްފަހު މެޗުގެ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ބޭކާރުކޮށް، އެންމެ ފަހުން މެޗުގެ 64 ވަނަ މިނެޓްގައި ގްރީޒްމަން ވަނީ 2 ވަނަ ގޯލުގެ ޖަހާފައެވެ. އެއަށްފަހު އޭނާ ވަނީ އޭގެ ހަ މިނެޓް ފަހުން 3 ވަނަ ގޯލް ޖަހައި މޮޅުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އަތުގައި މެޗެއް އޮތް އެތުލެޓިކޯ ނުވަ މެޗުން 22 ޕޮއިންޓް ހޯދައިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތީ ޖިރޯނާއާ އެއްވަރުވެ، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ތިން ޕޮއިންޓް ފަހަތުގައި އަދި ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަތުން އެއް ޕޮއިންޓް ކުރީގަ އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ރަފާ ބެނިޓޭޒްގެ ސެލްޓާ ރެލިގޭޝަން ޒޯނުގައި އޮތީ ކުޅުނު 10 މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ.

ވީޑިއޯ ފުޓޭޖް

ޓެގްސް: ލަލީގާ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.