އުމުރުން 17 އަހަރުގެ މާކް ގިއު ވެގެން ދަނީ ބާސެލޯނާއަށް ލަނޑު ޖެހި އެންމެ ޒުވާން ޑެބިއު ކުޅުންތެރިޔާއަށް

ކުޅިވަރު

ބާސެލޯނާގެ މާކް ގިއު އަށް އެންމެންގެ ސަމާލުކަން

ހުސެން ހަމްދާން - ޔޫރަޕް | 24 އޮކްޓޯބަރ 2023 , އަންގާރަ 09:15   593

އުމުރުން 17 އަހަރުގެ ބާސެލޯނާގެ ފޯވާޑް މާކް ގިއު ފުރަތަމަ މެޗުގައި, ގިނަބައެއްގެ ސަމާލުކަން ހޯދައި، މޮޅު ކުޅުމެއް ދައްކައި، ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ހަނި މޮޅެއް ހޯދައިދީފިއެވެ.

އުމުރުން 17 އަހަރުގެ މާކް ގިއު އެތުލެޓިކް ކްލަބު ފޭނުންގެ ހިތްތައް މުގުރާލައި، ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ބޭނުންވީ އެންމެ މިނިޓަކަށް ވެސްވުރެ މަދު ވަގުތުކޮޅެކެވެ.

ޖޯއާއޯ ފެލިކްސް އާއި ފަރމިން ލޮޕޭޒްއަށް ފުރަތަމަ ހާފްގަ އާއި ދެވެނަ ހާފް ގައި ގިނަ ފުރުސަތު ލިބި އޭގެ ބެނުން ނުހިފި ދިޔައެވެ. އެތުލެޓިކް ކްލަބްގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ކުޅެ ބާސެލޯނާގެ ގިނަ ޝޮޓްތައް މަތަ ކޮއްފައެވެ.

79 މިނިޓުގައި ކުޅެން ނިކުމެ ބާސެލޯނާގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ގޮތް މާކް ގިއު ދައްކާލިއެވެ. ގިއު ދަނޑުގައި ހުރިތާ މިނިޓެއް ވެސް ނުވަނީސް އެތުލެޓިކް ކްލަބުގެ ޑިފެންސްގެ ފޫއަޅުވާލައި ބާސެލޯނާއަށް މުހިންމު މޮޅެއް ހޯދައިދިނެވެ. އަންނަ ހަފްތާގައި ރެއާލް މެޑްރިޑްއާއި ދެކޮޅަށް ނިކުންނަ އިރު ބާސެލޯނާއަށް މިހާރު އިނީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

ޓެގްސް: ފުޓުބޯޅަ ލަލީގާ ބާސެލޯނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.