އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަސްރަށް ލަނޑެއް ޖަހައިދިނުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ

ކުޅިވަރު

އަލް ނަސްރު ކްލަބަށް އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯގެ ދެ ގޯލު

ހުސެން ހަމްދާން - މެދުއިރުމަތި | 26 އޮކްޓޯބަރ 2023 , ބުރާސްފަތި 08:33   788

ސައުދިއަރަބިއާގެ ފުޓުބޯޅަ ކްލަބް އަލް-ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިއްޔެ ކުޅުނު މެޗްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެޓީމަށް ދެ ގޯލު ޖަހައިދީފައެވެ.

ސައުދީ ޕްރޯ ލީގުގެ ޓީމަށް ގަތަރުގެ އަލް ދުހައިލް އަތުން ރިޔާދްގައި 4-3 އިން މޮޅުވެ އޭޝިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ކުޅުނު ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑްގެ ޕާހަކުން 25 ވަނަ މިނެޓުގައި އެންޑަސަން ޓަލިސްކާ ގޯލް ޖަހައި، ދެވަނަ ލަނޑު ސާޑިއޯ މާނޭ ކާމިޔާބުކޮށްދިންއިރު، 61 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ދުރުން ގޯލު ޖަހައި އަލް ނަސްރަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

އިސްމާއީލް މުހައްމަދާއި އަލްމޯއޭޒް އަލީ އަލް ދުހައިލް ދެ ގޯލް ޖަހައި އަނބުރާ އިތުރަށް ވާދަވެރިކަން ދަމައިގަތުމުގެ ކުރިން 81 ވަނަ މިނެޓުގައި ރޮނާލްޑޯގެ ވޮލީއަކުން ދެ ގޯލުގެ ކުރިއެރުމެއް އަލުން ހޯދައިދިފައެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މައިކަލް އޮލަންގާ ވަނީ އަލް ދުހައިލްގެ ތިން ވަނަ ލަނޑު ޖަހައި މެޗްގެ ފޯރި ގަދަކޮއްފައެވެ.

މި މޮޅާއެކު އަލްނަޞްރު ވަނީ އީރާނުގެ ޕާސެޕޮލިސްއަށްވުރެ ތިން ޕޮއިންޓް ކުރިއަށް ޖެހިލާފައެވެ.

މުބާރާތުގެ 10 ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެއްވަނަ އެކަނި ފަހު 16 އަށް ދާއިރު، ދެން ނަގާނީ ދެ ވަނާގައޮތް އެންމެ 6

އޭ.އެފް.ސީ ޗެމްޕިއަންސް ލީގު ޕޮއިޓް ތާވަލް

މެޗުގެ ހައިލައިޓްސް

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.