ޗެލްސީން މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑެއް ނުޖެހE

ކުޅިވަރު

ޗެލްސީ ބަލިވެއްޖެ، ބަލިވީ 2-0 އިން ބްރެންޓްފޯޑް އަތުން ސްޓެމްފޯޑް ބްރިޖްގައި

ހުސެން ހަމްދާން - ޔޫރަޕް | 28 އޮކްޓޯބަރ 2023 , ހޮނިހިރު 23:15   615

ބްރެންޓްފޯޑް ސްޓެމްފޯޑް ބްރިޖްގައި 2-0 ނަތީޖާއަކުން ޗެލްސީ ބަލިކޮށްފިއެވެ.

ޗެލްސީ އަތުން މިރޭ ރަށުން ބޭރުގައި 2-0 އިން މޮޅުވި މެޗު ބްރެންޓްފޯޑް ކާމިޔާބި ކުރީ ޑިފެންޑަރު އީތަން ޕިނޮކް ބޮލުން ޖެހި ގޯލާއި ފަހު މިނެޓުގައި ބްރައިއަން އެމްބެއުމޯ ޖެހި ގޯލުންނެވެ.

ޗެލްސީގެ ޑިފެންސަށް ފާހަގަ ނުކުރެވި ހުރި ޕިނޮކް ވަނީ މެޗުގެ 58 ވަނަ މިނެޓުގައި އެމްބެއުމޯ ދިން ހުރަހަކުން ގޯލްޖަހައިފައެވެ. ޗެލްސީ ބްރެންޓްފޯޑްގެ ޕެނަލްޓީ އޭރިއާ ވަށައިގެން ގިނަ ވަގުތު ހޭދަކުރި ނަމަވެސް ގިނަ ފުރުސަތުތަކެއް ނުހޯދި ބްރެންޓްފޯޑް ވަނީ ޗެލްސީ ސިއްސުވާލާފައެވެ.

މެޗުގެ 96 ވަނަ މިނެޓުގައި ޗެލްސީ އިން ނަތީޖާ ހަމަހަމަ ކޮށްދިނުމުގެ ގޮތުން ކުރިއަށް ޖެހިލިއިރު، ކީޕަރު ރޮބަޓް ސަންޗޭޒް ވެސް ކޯނަރަކަށް ކުރިއައް އަރައި ހުއްޓައި އެމްބެއުމޯ ވަނީ ހުސް ގޯލަކަށް ކައުންޓަރ އެޓޭކްގައި ބްރެންޓްފޯޑްގެ ދެވަނަ ގޯލް ޖަހާދީފައެވެ.

ޗެލްސީން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ޗެލްސީން ދެން ކުޅޭނެ މެޗަކީ ރަށުން ބޭރުގައި ލީގްގެ އެއްވަނާގައި އޮތް ސްޕާސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ވީޑިއޯ ހައިލައިޓްސް

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް ޗެލްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.