މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ

ކުޅިވަރު

ޕްރިމިއާ ލީގު، މެންޗެސްޓާ ޑާބީގައި ސިޓީން 'ނުރައްކާތެރި' ރެޝްފޯޑް ހުއްޓުވަން ޖެހޭ - ވޯކާ

ހުސެން ހަމްދާން - ޔޫރަޕް | 28 އޮކްޓޯބަރ 2023 , ހޮނިހިރު 21:12   714

މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ދަށް ނަމަވެސް މާކަސް ރެޝްފޯޑް އަދިވެސް ހުރީ ނުރައްކާތެރި އިދިކޮޅު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް މެންޗެސްޓާ ސިޓީގެ ކެޕްޓަން ކައިލް ވޯކާ އާދީއްތަ ދުވަހު ކުޅޭ ޕްރިމިއާ ލީގު ޑާބީގެ ކުރިން ބުނެފި އެވެ.

ރެޝްފޯޑް މި ސީޒަނުގައި ޔުނައިޓެޑަށް ގޯލު ޖެހުމުގައި އުނދަގޫތަކެއް ކުރިމަތިވަމުން އަންނައިރު، އޭނާއަށް ޖެހިފައި ވަނީ 12 މެޗުން އެއް ލަނޑެވެ. އެކަމަކު ވޯކާ ބުނީ 25 އަހަރުގެ އިންގްލެންޑް ޓީމުގެ ކުޅުންތެރިޔާގެ ފޯމަށް ބެލުމެއް ނެތި އަދިވެސް ނުރައްކަލެއް އޮތް ކަމަށެވެ.

ރެޝްފޯޑް ވަނީ 2022-2023 ވަނަ އަހަރުގައި ފާހަގަ ކޮއްލެވޭ ކުޅުމެއްކުޅެ، ހުރިހާ މުބާރާތެއްގައި 30 ގޯލް ޖަހައި، ޔުނައިޓެޑްގެ އެއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވެއެވެ.

"އަހަރެންނަށް ހީވަނީ މާކަސް އަކީ މިދިޔަ އަހަރުތަކުގައި ދައްކާފައިވާ ކުޅުމަށް ބަލައި އޭނާއާ އެއްވަރު ނުވެއްޖެނަމަ ކޮންމެ ޓީމަކަށް ވެސް މައްސަލަތައް އުފެއްދިދާނެ ކަހަލަ ކުޅުންތެރިއެއް ކަމަށް،" އޯލްޑް ޓްރެފޯޑަށް ދަތުރު ކުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވޯކާ ބުންޏެވެ.

"އޭނާގެ ކިބައިގައި ތަފާތު އެތައް ސިފަތަކެއް ހުރި، އަދި ހަފްތާ ބަންދުގައި ނުރައްކާތެރި ކުޅުންތެރިއަކަށް ވެދާނެކަން އަހަރެމެންނަށް އެނގޭ." އަދި އިތުރަށް ވޯކާ ބުންޏެވެ.

ތާވަލުގެ ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ އަށް ވަނައިގައި އޮތް އަވަށްޓެރި ޔުނައިޓެޑަށް ވުރެ ހަ ޕޮއިންޓް ކުރީގަ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މިދިޔަ ސީޒަނުގައި ޔުނައިޓެޑް 6-3 އިން ބަލިކުރި ނަމަވެސް ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 އިންނެވެ. އަދި ޖޫން މަހު އެފްއޭ ކަޕްގެ ފައިނަލުގައި އެރިކް ޓެން ހެގްގެ ޓީމު ބަލިކޮށް، 1999 ވަނަ އަހަރު ޔުނައިޓެޑުން ހޯދި ޓްރެބަލްގެ ކާމިޔާބީއާ އެއްވަރު ކޮއްފައެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް މެންޗެސްޓާރ ސިޓީ މެންޗެސްޓަރ ޔުނައިޓެޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.