ޓޮޓެންހަމް ހޮޓްސްޕާސް

ކުޅިވަރު

ޓޮޓެންހަމް 5 ޕޮއިންޓްގެ ލީޑްއެއްގައި

ހުސެން ހަމްދާން - ޔޫރަޕް | 29 އޮކްޓޯބަރ 2023 , އާދީއްތަ 23:13   558

ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ރޭ މޮޅުވެ ޓޮޓެންހަމް 5 ޕޮއިންޓްގެ ލީޑްއެއް ނަގައިފިއެވެ.

ޓޮޓެންހަމް ހޮޓްސްޕާސްގެ ހެޑް ކޯޗު އެންގޭ ޕޮސްޓެކޯގްލޫ ބުނީ ހުކުރު ދުވަހު ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ފަރަގެއް ލިބިމުން ކުޅުންތެރިންގެ ހަމަ ޖެހިގެން ބެހެއްޓުމާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

ޕްރިމިއާ ލީގުގެ ސީޒަނުގައި ބަލިނުވެ ފެށުން ކުރިއަށް ގޮސް ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ ފުރަތަމަ 10 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ކުޅުންތެރިންގެ މި ރަނގަޅު ފެށުމާމެދު ފަރުވާ ކުޑަވެދާނެތޯ ސުވާލު ކުރުމުން ޕޯސްޓެކޯގްލޫ ބުނީ "ނޫން، އަހަންނަކަށް އިހުސާސެއް ނުކުރެވޭ އެއްވެސް ކުޅުންތެރިއަކު ފަރުވާ ކުޑަކުރާނެހެން" ކަމަށެވެ.

"އެހެން ހީވާންވީ ސަބަބެއް ނެތް ސަބަބަކީ ކޮންމެ ދުވަހަކު ވަންނައިރު ފެންނަނީ އެއް ކަމެއް. ޓްރެއިނިން ބުރަވާނެ މާހައުލެއް، ޓްރެއިނިން ވާދަވެރިވާނެ މާހައުލެއް."

ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވާދަވެރި އާސެނަލް ވެސް މި ހަފްތާ ބަންދުގެ ބާކީ މެޗުތައް ކިޅޭ އިރު ފަސް ޕޮއިންޓުގެ ކުރީގައި އޮތީ ޓޮޓެންހަމް އެވެ. އެއީ 1961-1960 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ފަހުން ޓޮޓެންހަމް އަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.

ޓޭބަލްގެ އެންމެ ކުރީގައި އޮތުން އެއީ ވަރަށް މޮޅު ކަމެއް،" ޕޯސްޓެކޯގްލޫ ބުންޏެވެ. "ނަތީޖާ މޮޅު ނަމަވެސް އަހަރެމެން ކަންތައް ކުރަނީ އެންމެ ފުރަތަމަ މެޗުން ފެށިގެން ވެސް މިގޮތަށް''.

ކޯޗުކަމުގައި ކުޅުނު ފުރަތަމަ 10 މެޗުގައި ކޯޗަކު އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ޕްރިމިއާ ލީގުގެ ރެކޯޑް މިހާރު ގާއިމްކޮށްފައިވާ އޮސްޓްރޭލިއާގެ ކޯޗަކީ އެހެން ކޯޗުންނެކޭ އެއްފަދައިން ބެންޗް ކައިރީގައި މާގިނަ ވަގުތު ހޭދަކުރާ ކޯޗެއް ނޫނެވެ.

ޓީމުގެ މެޗުތަކުގައި އެހާ ލުއިކޮށް ފެންނަނީ ކީއްވެތޯ ސުވާލުކުރުމުން ސްޕާސްގެ ކޯޗު ބުނީ، "އާދެ، އަހަންނަށް ކުރެވޭނެ ކަމެއް ނެތް، ހަމަ ޔަގީނުންވެސް އެތަނަށް އަރާ ނުކުޅެވޭނެ" ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އިނގިރޭސި ޕްރެމިއަރ ލީގް ޓޮޓެންހަމް ހޮޓްސްޕާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.