މެންޗެސްޓާ ސިޓީގެ ކުޅުންތެރިން

ކުޅިވަރު

ހާލަންޑް ދެ ގޯލާއިއެކު ސިޓީ އިން ޔުނައިޓެޑް ބަލިކޮށްފި

ހުސެން ހަމްދާން - ޔޫރަޕް | 30 އޮކްޓޯބަރ 2023 , ހޯމަ 11:14   586

ހާލަންޑް ދެ ގޯލާއިއެކު މެންޗެސްޓާ ސިޓީ އިން މެންޗެސްޓާ ޔުނައިޓެޑް 3-0 ކުން ބަލިކޮއްފިއެވެ.

އާދީއްތަ ދުވަހު ކުޅުނު ހޫނުގަދަ ޕްރިމިއާ ލީގު ޑާބީގައި މެންޗެސްޓާ ސިޓީ 3-0 އިން މޮޅުވެ، އޮލްޑް ޓްރެފޯޑްގައި ފުރަތަމަ ދެ ގޯލު ޖަހައިދިނީ މެންޗެސްޓާ ސިޓީގެ އެރްލިންގް ހާލަންޑްއެވެ.

ޕެޕް ގާޑިއޯލާގެ ޓްރެބަލް ކާމިޔާބުކުރި ޓީމް 10 މެޗަށްފަހު 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ އެއްވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ ދެ ޕޮއިންޓް ފަހަތުންނެވެ. ހުރިހާ މުބާރާތައް އެއްކޮށް އެންމެ ހަފު ހަތަރު މެޗުގެ ތެރެއިން މިއީ ޔުނައިޓެޑް ބަލިވި ފުރަތަމަ މެޗެވެ. ޔުނައިޓެޑު އޮތީ 15 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

އެންމެ ފަހުން ސިޓީ އާއިއެކު ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން ޔުނައިޓެޑް ބަލިވެފައިވާއިރު، މިދިޔަ ސީޒަނުގައި ސިޓީގެ ޓްރެބަލް ކެމްޕޭންގައި އެފްއޭ ކަޕްގެ ފައިނަލުގައި 2-1 އިން ބަލިވެ 1999 ވަނަ އަހަރު ޔުނައިޓެޑުން ހޯދި ކާމިޔާބީއާ ސިޓީ އެއްވަރު ކުރިއެވެ.

ސިޓީން މިދިޔަ ސީޒަނުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް 6-3 އިން ބަލިކުރިއެވެ. ނަމަވެސް އޮލްޑް ޓްރެފޯޑްގައޮ ޔުނައިޓެޑް އަތުން 2-1 އިން ބަލިވި ކަމުގެ ބަދަލު ހިފުނީތީ ގާޑިއޯލާ އުފާކުރާނެއެވެ.

ހައިލައިޓްސް

ޓެގްސް: ފުޓުބޯޅަ އިނގިރޭސި ޕްރެމިއަރ ލީގް މެންޗެސްޓާރ ސިޓީ މެންޗެސްޓަރ ޔުނައިޓެޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.