އެތުލެޓިކޯ މެޑްރިޑް

ކުޅިވަރު

އެތުލެޓިކޯ މެޑްރިޑް ލަލީގާ 3 ވަނައަށް ޖެހިލައިފި

ހުސެން ހަމްދާން - ޔޫރަޕް | 30 އޮކްޓޯބަރ 2023 , ހޯމަ 23:21   584

ފުރަތަމަ ހާފުގައި އެތުލެޓިކޯ މެޑްރިޑްގެ ރޮޑްރިގޯ އާއި އަލްވާރޯ މޮރާޓާ ލަނޑެއް ޖަހައި ރޭ ލަލީގާގައި އަމިއްލަ ދަނޑުގައި ތާވަލްގެ 17 ވަނާގައި އިން އަލަވޭސް އަތުން 2-1 އިން މޮޅުވެ ތިން ވަނަ އަށް އަރައިފިއެވެ.

އެއްމެޗްް މަދުން ކުޅެ އެތުލެޓީކޯއަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވުރެ ތިން ޕޮއިންޓް ފަހަތުގައި އޮތްއިރު، އެތުލެޓިކޯ އޮތީ ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ޕޮއިންޓެއް މަތީގައެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ރޮޑްރިގޯ އެތުލެޓިކޯއަށް ލީޑު ނަގަދިނީ މޮރާޓާ ފޮނުވާލި ބޯޅައަކުން ކައިރިން ގޯލު ޖަހައިގެންނެވެ. މޮރާޓާ ވަނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި އަމިއްލަ މަސައްކަތުން ލީޑު ދެގުނަކޮށްފައެވެ.

މެޗު ނިމެންވަނިކޮށް އިތުރު ގަނޑީގެ ފަހުވަގުތު ކޮޅު އަލަވޭސްގެ މިޑްފީލްޑަރު އެންޑަ ގުއެވާރާ ވަނީ އޭރިޔާ އެތުލެޓިކޯގެ ތެރެއަށް ވަދެ ގޯލް ވައްދާލައިފައެވެ.

އެތުލެޓިކޯއިން ވަނީ ލަލީގާގެ އެންމެ ފަހުގެ 14 މެޗުން އަމިއްލަ ދަނޑުގައި މޮޅުވެ، 2012 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ޓީމުގެ ކުރީގެ ވިސެންޓޭ ކަލްޑެރޯން ދަނޑުގައި ހޯދި އެންމެ މޮޅު ކުޅުމާ އެއްވަރުކޮށްފައެވެ.

މެޗުގެ އުސްއަލިތައް

ޓެގްސް: ފުޓުބޯޅަ ލަލީގާ އެތުލެޓިކޯ މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.