ޗެލްސީ އާއި އާސެނަލްގެ ދެ ކުޅުންތެރިން

ކުޅިވަރު

ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން: ޗެލްސީއާ ދެކޮޅަށް ނިއުކާސަލް

ހުސެން ހަމްދާން - ޔޫރަޕް | 4 ނޮވެންބަރު 2023 , ހޮނިހިރު 10:17   449

ކަރަބައޯ ކަޕް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން ކަޓުވާލައި ނިއުކާސަލް ޔުނައިޓެޑް ކުއާޓާ ފައިނަލުގައި ކުޅޭނީ ޗެލްސީއާއި ދެކޮޅަށެވެ. ރެކޯޑް ނުވަ ފަހަރު މޮޅުވި ލިވަޕޫލް ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑެވެ.

މިދިޔަ އަހަރުގެ މޮޅު ޓީމު 3-0 އިން އޯލްޑް ޓްރެފޯޑްގައި ނިއުކާސަލް އިން ނިކަމެތި ގޮތަކަށް ބަލިކޮށް، މިހާރު ކުޅޭނީ އުނދަގޫ ޗެލްސީ ޓީމަކާ ދެކޮޅަށެވެ.

ވެސްޓްހަމް އިން ކުއާޓާ ފައިނަލް ދަތުރުކުރީ، ލަންޑަން ސްޓޭޑިއަމްގައި އާސެނަލް 3-1 އިން ބަލި ކުރިމަށް ފަހުއެވެ.

ބާކީ މިހާރު ތިބި އަށް ޓީމުގެ ތެރެއިން މީގެ ކުރިން ލީގު ކަޕް ތަށި އުފުލާލާފައިވަނީ އެންމެ ތިން ޓީމެވެ.

އާދިއްތަ ދުވަހު ލީގު ދޭއްގެ މެންސްފީލްޑް ޓައުން އަތުން 1-0 އިން މޮޅުވެ، ޕޯޓް ވެލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި އެވަނީ ތާރީހުގައި ވެސް ފުރަތަމަ ފަހަރެވެ.

ކުއާޓާ ފައިނަލްގެ މެޗުތައް ކުޅޭނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގަ އެވެ.

ކަރަބައޯ ކަޕްގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން:

އެވަޓަން vs ފުލަމް

ޗެލްސީ vs ނިއުކާސަލް

ޕޯޓް ވެލް vs މިޑިލްސްބްރޯ

ލިވަޕޫލް vs ވެސްޓްހަމް

ޓެގްސް: ފުޓުބޯޅަ ޗެލްސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.