އާސެނަލްގެ ކޯޗު އާޓެޓާ

ކުޅިވަރު

ޕްރިމިއާ ލީގު، ޓޮޓެންހަމް އަކީ ޗެމްޕިއަންކަން ހޯދުމަށް ޗެލެންޖު ކުރާނެ ޓީމެއް - އާސެނަލްގެ ކޯޗު އާޓެޓާ

ހުސެން ހަމްދާން - ޔޫރަޕް | 5 ނޮވެންބަރު 2023 , އާދީއްތަ 10:08   583

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވަނީ މި ސީޒަން ބަލިނުވެ ފެށުމުން ޓޮޓެންހަމް އަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ހަގީގީ ވާދަވެރިން ކަމަށެވެ.

ޓޮޓެންހަމް ތާވަލުގެ އެއްވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓް ހޯދައިގެން މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދުމަށް ވާދަކުރި އާސެނަލް އާއި މެންޗެސްޓާ ސިޓީއާ ދެ ޕޮއިންޓް ކުރީގައެވެ.

ނިމިދިޔަ ޓްރާންސްފާ ވިންޑޯގައި ފޯވާޑް ހެރީ ކޭން ބަޔާން މިއުނިކަށް ދިޔުމާއި ގުޅިގެން ޓޮޓެންހަމްގެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ހުރިހާ އުއްމީދެއް ފަހަނައަޅައި ގޮސްފައެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ފުރަތަމަ 10 މެޗަށް ފަހު އެހާ ގިނަ ޕޮއިންޓް ލިބިފައެއް ނުވެއެވެ.

މި ސީޒަނުގައި ޓޮޓެންހަމްއަށް އާސެނަލްއާ ވާދަކުރެވޭނެތޯ ސުވާލު ކުރުމުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުނީ "އެމީހުން މިވަގުތު ތިބީ މަތީގައި ކަމަށާއި އެމީހުން ތިބި ތަނުގައި ތިބުމަކީ މެރިޓް ކަމެއް، އެހެންވީމަ އާދެ" ކަމަށެވެ.

"މި ލީގުގައި މިދިޔަ ފަސް އަހަރު ތެރޭގައި ހިނގާފައިވާ ކަންކަމަކީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ކަމެއް، ޕޮއިންޓްގެ އަދަދާއި، މިހާރު ޓީމުތަކުގެ ފެންވަރާ އެކު، އެ ފެންވަރުގެ ޓީމުތަކުގެ އަދަދު އިތުރުވަމުންދާ ކަމެއް."

ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑަށް ކުރާ ދަތުރުގައި މާޓިން އޮޑެގާޑް އުނަގަނޑުގެ މައްސަލައަކާ ގުޅިގެން އާސެނަލްގެ ފުރަތަމަ އެގާރައިން އެނބުރި އަންނަން އުޅޭ ނަމަވެސް ގޭބްރިއަލް ޖީސަސް އަނިޔާއިން ރަނގަޅުވުމާ މެދު އާޓެޓާއަށް ޔަގީންކަމެއް ނެތެވެ.

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް އާސެނަލް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.