އެރްލިންގް ހާލަންޑް، މެޗުގެ ތެރެއިން

ކުޅިވަރު

މެންޗެސްޓާ ސިޓީ 1-6 އިން މޮޅުވި މެޗުގައި ހާލަންޑް އަަށް އަނިޔާވެއްޖެ

ހުސެން ހަމްދާން - ޔޫރަޕް | 6 ނޮވެންބަރު 2023 , ހޯމަ 09:21   515

ބޯންމައުތު އަތުން 6-1 އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ފުރަތަމަ ހާފުގައި އެރްލިންގް ހާލަންޑް ވަނީ ފައިގެ ކަކުލަށް އަނިޔާވެގެން ބަދަލުކޮށްފައެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފޯވާޑް ބަދަލުކުރި ނަމަވެސް އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅޭ މެޗަށް ހާލަންޑް ކުޅެވޭނެތޯ ބުނަން އަދި މާ އަވަސް ކަމަށެވެ.

"ފައިގެ ކަކޫ ޓްވިސްޓްވީ. އަހަރެމެން ބޭނުމެއް ނުވި އޭނާއާ އެކު ރިސްކް ނަގަން. އޭނާވެސް ހުރީ އެހާ ހިތް ހަމަ ޖެހިގެންއެއް ނޫން" ގާޑިއޯލާ ބުންޏެވެ. "އޭނާ އެނބުރި އަންނާނެ ފަހަރެއްގައި އަންގާރަ ދުވަހު، ނޫނީ އަންނަ ހުކުރު ދުވަހު."

ހާލަންޑް އަށް އަނިޔާވީ ކޮން ފައިގެ ކަކުލެއްގައި ކަމެއް ސިޓީން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ވެސް ހާލަންޑް ވަނީ 13 ގޯލު ޖަހައިދީފައެވެ. އޭގެ ތެރޭގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން މޮޅުވި ދެ ގޯލު ވެސް ހިމެނެއެވެ.

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ތާވަލުގެ އެއްވަނައަށް ދިޔައިރު ޖެރެމީ ޑޯކޫ ވަނީ ސިޓީ މޮޅުވުމަށް، އެއް ލަނޑު ޖަހައި އިތުރު ހަތަރު ލަނޑު ޖަހަން ޕާސްދީފައެވެ.

ޓެގްސް: އިނގިރޭސި ޕްރެމިއަރ ލީގް ހާލާންޑް މެންޗެސްޓާރ ސިޓީ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.