ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް

ކުޅިވަރު

ރެއާލް މެޑްރިޑުން ބޭނުންވަނީ ކާވަހާލްގެ ބަދަލުގައި ޗެލްސީގެ ކުޅުންތެރިއެއް

ހުސެން ހަމްދާން - ޔޫރަޕް | 5 ނޮވެންބަރު 2023 , އާދީއްތަ 23:40   101

ރެއާލް މެޑްރިޑުން ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ޑޭނީ ކާވަޖާލްގެ ބަދަލުގައި ކުޅެން ޖެހިދާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ސްޕޯޓްސް ހަބަރު ތަކުން ބުނެފިއެވެ.

ރެއާލް މެޑްރިޑް ލަލީގާގެ ސްކޮޑުގައި ކާވަޖާލް ހިމެނުނު ނަމަވެސް އަންނަ ސީޒަނުގައި އެޓީމުން އަންނަނީ ކޮލިޓީ ބަދަލެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ ކްލަބުން ޖޭމްސް އަށް ގާތުން ބަލަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާއިރު، އެ ކްލަބުން ޖޭމްސް އަށް އެޕްރޯޗެއް ހެދިދާނެ ކަމަށް ބުނެއެވެ.

ޖޭމްސް ބްލޫސްއާއެކު އަނިޔާގެ ބޮޑު ކެމްޕޭނެއް ހޭދަކޮށްފައިވާއިރު، އޮގަސްޓް މަހުގެ ކުރީކޮޅުއްސުރެ އޭނާ ޕްރިމިއާ ލީގުގައި ކުޅެފައެއް ނުވެއެވެ. އިނގިރޭސި ކުޅުންތެރިޔާއަށް މެޗުގެ ތެރޭގައި ލިބުނު ބަދުނަސީބު އަނިޔާއެއް ލިބުނުއިރު، އޭނާ ކުޅުމަށް އެނބުރި އައީ ވަރަށް ފަހުންނެވެ.

ގާތްގަނޑަކަށް ތިން މަސް ފަހުން ލީގުގައި ފުރަތަމަ ފަހަރަށް ކުޅެން ފަށާނެ ކަމަށް އުންމީދު ކުރާނީ ރަށުން ބޭރުގައި ސްޕާސްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. މިހާރު ލީގުގައި ސްޕާސް އިން ފެށުނު މޮޅު ކުޅުމަށް ބަލާއިރު، ޗެލްސީ މި މެޗަށް ނުކުންނާނީ ޕޮޓެންޝަލް އަންޑަޑޮގްތަކެއްގެ ގޮތުގައެވެ.

ޓޮޓެންހަމް އިން ގޭމްވީކް ތާވަލުގެ އެއްވަނައިގައި ފެށިއިރު، ބްލޫސް އަތުން މޮޅުވެ ޖާގަ އަލުން ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ޓެގްސް: ޗެލްސީ ރެއަލް މެޑްރިޑް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.