ޕެޕޭ

ކުޅިވަރު

ޕެޕޭ އަކީ ޗެމްޕިއަންސް ލީގުގައި އެންމެ ދުވަސްވީ ގޯލް ޖެހި ކުޅުންތެރިޔާ

ހުސެން ހަމްދާން - ޔޫރަޕް | 9 ނޮވެންބަރު 2023 , ބުރާސްފަތި 10:35   95

މިހާރުވެސް ޗެމްޕިއަންސް ލީގުގެ އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާ ޕޯޓޯގެ ވެޓެރަން ޑިފެންޑަރު ޕެޕޭ، މިހާރު ވެގެން އެ ދިޔައީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ދުވަސްވީ ގޯލް ޖެހި ކުޅުންތެރިޔާއަށެވެ.

އުމުރުން 40 އަހަރާއި 254 ދުވަހުގެ ޕެޕޭ މެޗް ނިމެން ވަނިކޮށް އިތުރު ގަނޑީގައި ޓީމަށް ދެވަނަ ލަނޑުޖަހައެއި މޮޅިކޮއްދިނެވެ.

ޕޯޓޯއިން މެޗު ރަނގަޅު ކުޅުމެއް ދެއްކީ ދެވަނަ ހާފް ފެށިގެން ހަތް މިނެޓަށް ވެފައިވަނިކޮށް އެންޓްވާޕްގެ މިޑްފީލްޑަރު ޔާގޭން އެކެލެންކަމްޕް އަށް ރަތްކާޑު ދެއްކުމުންނެވެ.

"މިއަދަކީ އަހަންނަށް ހާއްސަ ދުވަހެއް. މަންމަގެ އުފަންދުވަސް ކަމުން އަހަރެން ބުނީމެއްނު ގޯލެއް ޖެހުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް،" ޕެޕޭ ބުންޏެވެ.

"މި އިހުސާސަކީ ގަބޫލުކުރަން ދަތި އިހުސާސެއް، ސަބަބަކީ މި ފެންވަރުގައި ކުޅެން މި އުމުރަށް ވާސިލްވާ ކޮންމެ މީހަކަށް -- ޕޯޓޯ ފަދަ ބޮޑު ކްލަބެއް ތަމްސީލުކުރާ މީހަކަށް -- އެނގޭނެ އެކަމަށް ގިނަ މަސައްކަތްތަކެއް، ގިނަ ގުރުބާނީތަކެއް، މި ކުޅިވަރަށް ބޮޑު ޝައުގުވެރިކަމެއް ބޭނުންވާކަން. އަހަރެން މަސައްކަތް ކުރާނަން."

މީގެ ކުރިން ރެކޯޑް އޮތީ ރޯމާގެ ފްރާންސެސްކޯ ޓޮޓީގެ އަތުގައެވެ. އޭނާ ވަނީ 2014 ވަނަ އަހަރު އުމުރުން 38 އަހަރުގައި 59 ދުވަހު ޗެމްޕިއަންސް ލީގުގައި ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ބާސެލޯނާއާ ނުވަ ޕޮއިންޓާއެކު ޕޯޓޯ އެއްވަރުވެފައިވާއިރު، މީގެ ކުރިން އަންގާރަ ދުވަހުގެ ބާސެލޯނާ އަތުން 1-0 އިން މޮޅުވި ޝަޚްތާރު ޑޮނެޓްސްކް އަށް ވުރެ ދެ ޓީމު ވެސް ތިން ޕޮއިންޓުގެ ކުރީގައެވެ.

އެންޓްވަރޕް ޖެހިޖެހިގެން ހަތަރު ވަނަ މެޗުން ބަލިވުމުން ޗެމްޕިއަންސް ލީގުގެ ދެން އޮތް ބުރަށް ކޮލިފައިވުމުގެ ފުރުސަތެއް ނެތެވެ.

ޓެގްސް: ޔޫއެފާ ޗެމްޕިއަންސް ލީގް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.