މެންޗެސްޓާ ސިޓީގެ ހާލަންޑް

ކުޅިވަރު

މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 އަށް

ހުސެން ހަމްދާން - ޔޫރަޕް | 9 ނޮވެންބަރު 2023 , ބުރާސްފަތި 21:26   587

ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 އަށް މެން ސިޓީން ފަސޭހަކަމާއެކު ޓިކެޓް ބުކް ކޮށްލާފިއެވެ.

މެންޗެސްޓާ ސިޓީން އަންގާރަ ދުވަހު ޔަންގް ބޯއީސް ބަލިކޮށްފައިވާއިރު، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ކެމްޕޭން އިން ރައުންޑް އޮފް 16 އަށް ގޮސްފައިވަނީ އެންމެ ހަތަރު މެޗަށް ފަހުއެވެ.

ގްރޫޕް ޖީގެ އެއްވަނަ ހޯދުމަށް ގާޑިއޯލާ ބޭނުންވާނެއެވެ. މިހާތަނަށްް 12 ޕޮއިންޓް ލިބި ރައުންޑް އޮފް 16 ކަށަވަރު ވެފައިވާއިރު، ޖެހިޖެހިގެން 11 ވަނަ އަހަރު ނޮކްއައުޓް ބުރުތަކަށް ސިޓީން އެވަނީ ދަތުރު ކޮއްފައެވެ.

މިދިޔަ ތިން އަހަރުގެ ކޮންމެ އަހަރެއްގައި ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އެ ޓީމުގެ ގްރޫޕުން ކޮލިފައިވުމަކީ މާ ބޮޑު ހުރަހަކަށް ނުވިޔަސް، ޓްރޮފީ ހޯދުންމީ ސިޓީއަށް ބޮޑު ހުރަހެކެވެ.

ސިޓީއަކީ މި ސީޒަނުގެ ގްރޫޕް ސްޓޭޖުގައި %100 ރެކޯޑް އޮތް އެންމެ ތިން ޓީމުގެ ތެރެއިން އެއް ޓީމާއި 16 ވަނަ ބުރަށް ކޮލިފައިވި ފުރަތަމަ ޓީމެވެ.

"ހަމަ ޔަގީނުން ވެސް ބާކީ ދެ މެޗު އޮއްވާ ކޮލިފައިވުމުން އަހަރެމެންނަށް ގަބޫލުކުރަން ދަތި އުފަލެއް ލިބެނީ،" ގާޑިއޯލާ ބުންޏެވެ. "މީހުން ބުނަނީ 'އާނ، ގްރޫޕް ސްޓޭޖް، އެއީ ފަސޭހަ ކަމެއް'، އެކަމަކު އެކަން ވެސް އެއީ ކުރަން ޖެހޭ ކަމެއް.

ޓެގްސް: މެންޗެސްޓާރ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.